އިންޑިއާ ބޮޑުވަޒީރުގެ ތަހުނިޔާ ރާއްޖެއަށް

މެސެޖުގައި އިންތިހާބީ ރައީސްގެ ނަންފުޅު ފާހަގަ ކުރައްވާފައި ނުވޭ

އިންޑިއާ ބޮޑުވަޒީރުގެ ތަހުނިޔާ ރާއްޖެއަށް

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި ދިވެހި ރައްޔިތުނަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ތަހުނިޔާ ފޮނުއްވައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއަން ހައިކަމިޝަނުން މިއަދު ކުރި ޓްވީޓްގައި އެވާހަކަ ބަޔާންކޮށްފައި ވެއެވެ.

ރާއްޖޭގެ 55ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހަށާއި ދިވެހި ސަރުކާރަށާއި ރަހުމަތްތެރި ދިވެހި ރައްޔިތުންނަށް އިންޑިއާގެ ބޮޑުވަޒީރު ސްރީ ނަރަންދުރަ މޯދީ ފޮނުއްވާކަމަށް އެ ޓްވީޓްގައި ވެއެވެ. މޯދީގެ ތަހުނިޔާގެ ލިސްޓްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ގެންނަވަފައި ނުވާކަން ފާހަގަ ކުރެވެއެވެ.