ޔާމީނުގެ ސުންޕާކަން ލައިގަތީ މޮރޮކޯއަށް

ޔާމީނުގެ ސުންޕާކަން ލައިގަތީ މޮރޮކޯއަށް

ރޭވެއަލި ވިލުނުއިރު އަތޮޅެއް ވިއްކާލާ ޑޮލަރު ބޮޑި ޕަކަޅާ ކޮށްލަން ހިތުލައިގެން ގުޅުން ކަނޑާލި އަރަބި އިސްލާމީ ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް މިކަލޭގެ މާ ހިތްހެޔޮ އިސްލާމީ ވެގެން އުޅުމަކީ ބޮޑު ފޭކެކެވެ. ގަތަރާ ގުޅުން ކަނޑާލި އިރު މިކަލޭގެ މިހާރު މި ދައްކާ އިސްލާން ކަންއޮތީ ސޫދީން ދޭންބުނި ޑޮލަރު ބޮޑިގައެވެ.

އިސްލާމް ދީނުގެ ކަންފުޅެއްވެސް ހުންނަ މީހަކު ނަމަ ހުކުރަށް ގޮސްއުޅެއެވެ. މިކަލޭގެއަކީ ހައްދަވައިގެން ހުކުރަކަށް އަރާ މީހެއް ނޫނެވެ. އިސްލާމްކަން ބޮޑުކަމުން ހުކުރަކުން މިކަލޭގެ ދެކޭ މީހަކު ނޫޅެއެވެ. ތަންޑިޔާ ލައިގެންވެސް މިކަލޭގެ ހުކުރަށް ގެންދަން ޕީޕީއެމް މެނެފެސްޓޯގައި ލިޔަން ޖެހޭހާ ވެއެވެ. އެވަރު މީހަކު ހުރި ލާދީނީކަން ފޮރުވަން މާ ދީނީ ވެގެން ފޭކްކޮށްޖ ެއްސި މޮރޮކޯ ޖާޒީގެ ސުންޕާކަން ލައިގަތީ މޮރޮކޯއަށެވެ.

މުޅި މެޗްގެ %62 ކުޅެ ލަނޑު ޖަހާން ލިބުނު އެތައް ފުރުސަތެއް މޮރުކޯއަށް ގެއްލުނީ މި ބޮޑު ފޭކް ޕްލާސްޓިކް ހިނިތުން ވުމެއްގައި ހުރެ މޮރޮކޯ ޖާޒީއާއި ހަވާލުވެ ހުރެ ނެގި ފޮޓޯއެއްގެ ފޭކް ކަމުންނޭ ބުނާހާ ވެއެވެ.

ރަނގަޅައް ވިއްޔާ މެޗު ކުޅުނު ގަޑީގައި އިންނާނީ ނަންބަރ ފޯރ ފަޓްލޫނެއްގެ އުދާސް ގަނޑު އަރުވައިގެން އަމިއްލަ ދުފާއެއްޗެހި ހިރުވަން މެޗް ނުބަލާ އަންދޮޅު ގޭ ކުދިން ކޮޅަކާއެކު ފަލަމަސްގަނޑަށް ހުކުން ޖަހަން ދީގެން ތާސް ކުޅޭށެވެ.