އެންމެ އަނދިރި އެއްހާސް ދުވަސް

ހުދުމުހުތާރު ހޮޅި ރައީސެއްގެ ވެރިކަމަށް 12 އޮގަސްޓް 2026 އަށް 1000 ދުވަސް

އެންމެ އަނދިރި އެއްހާސް ދުވަސް

2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ޒަމާނީ ޑިމޮކްރަސީގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ  އެއް ދުވަހެވެ. ޒަމާންތަކެއް ވަންދެން އޮތް ވެރިންގެ ވެރިކަން ކުޑަކަކޫ ޖައްސާލި ދުވަހެވެ.

ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ތެރެއިން ރައްޔިތުން ނިކުތް ދުވަހެވެ.  ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް އެހާތަނަށް އެންމެ ގިނަމީހުންއެއްވެ އަޑު އުފުލި ދުވަހެވެ. މައުމޫނިޒްގެ ކިއްލާގައި ރެނދު އެޅުނު ދުވަހެވެ.

ދާން މިއުޅެނީ އެ ތާރީހުގެ ތެރެއަކަށް ނޫނެވެ. ކޮންމެ އޮގަސްޓް މަހެއްގެ 12 ވަނަ ދުވަހަކީ ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ހިތުގައި ބިންވަޅު ނެގިފައި އޮންނަ ރައްޔިތުންގެ ބާރު ރަމްޒުކޮށް ދޭދުވަހެކެވެ. އެހެންނަމަވެސް 2026ގެ އޮގަސްޓް 12 ވެގެން ގޮސްފައިވަނީ ހިތްދަތި ހިތާމަވެރި ދުވަހަކަށެވެ. ޑިމޮކްރެޓިކް އަގުތައް ވެއްޔާ މޮޑެވުނު ވެރިކަމަކަށް 1000 އަހަރު ދުވަހަށެވެ. 

މިނިކާ ބާޒުތައް ޕާޓީ ޖަހައިގަތަ ނުދިނުމަށް ވަސިއްޔަތްކޮށްފައި ވަނިކޮށް ހުސްގޮނޑީގެ ހިޔަނިން ވެރިކަން ހޯދާ ދިގު ތިރީސް އަހަރު ނުލިބިގެން ރައްޔިތުންގެ ވަކާލުކޮށްގެން ހޯދި މިނިވަންކަމާއި އަސާސީ ހައްގުތައް އޮޔާދުއްވާލި ވެރިކަމަކަށް 1000 ދުވަސްވީއެވެ. ވެރިކަމުގެ އާޖުފާޖުގެ ޒައްރެއްގެ މިންވަރުވެސް ނެތް  ދައުރެއް ދެބައިވެ އަސުރުން ތިރިވާން ދަނީއެވެ. 

ގައުމިއްޔަތު ކޮނޑަށް ލައިގެން ދީން ބޮލަށް ލައިގެން ގައުމު ހިންގަން ނިކުތްތާ އެއް ހާސް ދުވަސްވެގެން ދިޔައީއެވެ. ވީކަމެއް ހަރާމުން ހަރާމެވެ. މުޅި ދައުލަތް ވަނީ ވައްކަމާއި ހިޔާނާތުން ފޯވެފައެވެ. ރިޝްވަތުދިނުމާއި ރިޝްވަތު ހިފުން އާއްމުވެ ސްކޭމަރުންނަށް ރާއްޖެ ހުޅުވިއްޖެއެވެ. ދަރަނި އަދާކުރާ ނަމުގައި ދަރަނިވެރި ދަރަނިން ބޯހިކެންނެތެވެ. 

ކާބޯތަކެއްޗާއި ކަރަންޓާއި ފެނާއި ތެލުގެ އަގުބޮޑުވެއްޖެއެވެ. ބޭހެއް ނުލިބެއެވެ. ބޯހިޔާވަހިކަމަށްޓަކައި އެންމެ ސިމެންތިހަންޖެއް ނުބޭއްވުނުތާ ކުރިން ނިންމާފައިވާ ފްލެޓްތަކަށް މީހުން ވައްދާ ނުލެވުނެވެ. ކުރީން ގާއިމުކުރަން ފަށާފައިވާ އަސާސީ ހިދުމަތްތައް ގާއިމުކުރުން ހުއްޓި ލަސްވެ ފަސްވެ ފޫނުބެއްދޭ ވަރުގެ ގެއްލުން ދީފިއެވެ.

ރަސްމާލެއާއި ތިނަދޫ ފްލޯޓިން ޓާމިނަލް އެއަރޕޯޓާއި އައްޑޫ ބްރިޖާއި ބިއްލޫރި ޓަނަލާއި މޮނޯ ރޭލާއި އިންޓަރނޭޝަނަލް ފައިނޭންސް ހަބާއި މިހުރީ ހައްތަހާ ދެއްކިހާ ހުވަފެނެވެ. ރަށްރަށުގެ އެއަރޕޯޓްތަކާއި ހޮސްޕިޓަލްތަކާއި އެކުވެނިތަކާއި އެނޫންވެސް ނަންހުސްކުރި ވައުދުތައް ދިޔައީ ތޮޅިއަށެވެ.

އަތްލަން ނުވާ އެއްޗެތީގައި އަތްލައިގެން ކޮންމެ ފަހަރަކު އަތަށެވެ. މިނިވަން ނޫސްވެރިކަމާއި ހިޔާޅުފާޅުކުރުމަކީ އަސާސީ ހައްގަކަށް ނުވެއެވެ. އެއްވެ އުުމަކަށް ފުރުސަތެއް ނެތެވެ. ގާނޫނުތަކާއި ގާނޫނު އަސާސީ ކޮށާމަށާ ގަޔަށް ހެޔޮވަރު ލިބާހަކަށް ހަދަތްޕެވެ. ސިޔާސަތު އުނބަށް ޖެހުމުގައި އެނދުކެނޑިފައެވެ. 

އިސްރާފުކުރުމާއި މަވެތިވުމާއި ހުދުމުހުތާރު ކަމުގެ އިންތިހާއެވެ. ދޯހަޅިކަމާއި ރުންކުރުކަމާއި މޮޅިހޮއްލުމުގައި އިންތިހާއެވެ. ހަގީގަތުނައިވެސް މުއިއްޒުގެ ވެރިކަމުގައި މިވީހާ ދުވަހަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދިވެހިން ދުށް އެންމެ އަނދިރި އެއްހާސް ދުވަހެވެ.