އަލިވިލުނީ ޝުކުރިއްޔާ އިންޑިއާ އަކުން

ހިމަބިހިން ރައްޔިތުން ސަލާމަތްކުރަން ވެކްސިން ގަނެވޭފަދަ ސަރުކާރުގައިނެތް؟

އަލިވިލުނީ ޝުކުރިއްޔާ އިންޑިއާ އަކުން

ހެނދުނުގެ އަލިވިލުނީ ޝުކުރިއްޔާ އިންޑިއާއަކުންނެވެ. ހުރިހާ ނޫސްތަކެއްގެ ބޮޑުހަބަރަކީ ވެކްސިން ޝިޕްމަންޓެއް ލިބުނު ހަބަރުތަކުންނެވެ.

ހިތަށް ވެރިވި ސުވާލުތައް ގިނައެވެ. ސުވާލުތައްވެސް ގިނަވިއެވެ. ހަގީގަތުގައިވެސް ޝުކުރު ކުރަންޖެހެއެވެ. ދިވެހީންގެ ބޭނުންތައް ދިވެހީންނަށް ނޭނގުނަސް އަވަށްޓެރިންނަށް އެގޭތީއެވެ. އެވެރިން ދިވެހީންގެ ކަންކަން ގާތުން ބަލާކަން އެގުނެވެ. 

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒް މީސަލްސް ވެކްސިން ހަދިޔާ ކޮށްފި ކަމަށް އިއުލާނު ކުރި ހިސާބުން ރާއްޖޭގެ ހާލަތާއި މެދު މާޔޫސްވިއެވެ. ކަންބޮޑުވިއެވެ. ދިވެހީންނަށް 11،000 ޑޮލަރު ހޭދަކޮށްލާން ނުލިބުމަކީ ލަދުވެތި ކަމެކެވެ. މި ސަރުކާރުން ދިވެހިންގެ ހައްގުގައި ހަރަދުކޮށްލާނެ 170،000ރުފިޔާ ހަރަދުކުރުން އިސްރާފަކަށް ވަނީ ތޯއެވެ.

ދެލައްކަ ރުފިޔާ ދިވެހި ސަރުކާރުން ދިވެހީންނަށް ހަރަދު ކުރަން ބޮޑުވީ ތޯއެވެ. ބޭނުމެއް ނެތް އެތައް މަގާމު ތަކަކަށް މާގިނަ ފައިސާ އިސްރާފުވެއެވެ. ދައުލަތުގެ ވެރީން ދުވާލަކު ދައުލަތުގެ ހަރަދުގައި ކާކެއުމަށް އެކަނިވެސް 2 ލައްކައަށް ވުރެ ގިނަ ފައިސާ ހަރަދު ކުރާނެއެވެ. މުލީޔާގޭގެ ކޮއްތާއި އާރަށުގެ ހަފްތާ ބަންދުގެ ލޯންޗް ދަތުރަށް އެކަނިވެސް 2 ލައްކަ ރުފިޔާއަށްވުރެ އިތުރަށް ހަރަދު ކުރާނެއެވެ. 

އިންޑިއާގައި މީސަލްސް ވެކްސިން ޑޯޒެއް އިންޖެކްޝަނާއި އެކު ގަންނަން ލިބެނީ ގިނަވެގެން 0.62 ޑޮލަރަށެވެ. އެއީ ނުވަ ރުފިޔާ ބަޔެވެ. އާންމުކޮށް މި ވެކްސިންގެ 2 ޑޯޒް ޖަހަން ޖެހެއެވެ. އެހެންވިޔަސް މިވަނީ ގިނަވެގެން 20 ރުފިޔާއެވެ. ދިވެއްސަކަށް 20 ރުފިޔާ ހަރަދު ކޮށްލާނެ ވަރު ނެތީކަމަށް ސަރުކާރުން އިއުލާނު ކުރީތޯއެވެ. 

ވެކްސިން ޑޯޒްތައް ހަދިޔާ ކުރި އިވެންޓް މާކެޓުކޮށް ހުރިހާ ނޫސްތަކެއްގައި ހަބަރު ޖަހަން ވެސް ގާތްގަނޑަކަށް ވެކްސިންތައް ގަންނަން ހިނގާނެހާ ހަރަދު ހިނގާނެ ކަމަށް މީހުން ބުނެއެވެ. 

އިންޑިއާ އަކީ ދިވެހީންނަށް ވަރަށް އެހީތެރިކަން ޒަމާނުންސުރެ ފޯރުކޮށްދޭ ބަޔެކެވެ. ދިވެހިންނާއި ދޭތެރޭ ހާއްސަ ގާތްކަމެއް ބާއްވާ ބައެކެވެ. އެކަމަށް ޓަކާ ޝުކުރުވެރި ވަމެވެ.