ހިންގާ ޝަރީއަތަކަށްޓަކާ އެހެން ބައެއްގެ ހައްގެއް ނުހިފެހެއްޓޭނެ: ރީކޯ
ފަރުދެއް ނުވަތަ ފަރުދުންތަކެއްގެ މެދުގާ ހިނގާ ޖިނާއީ މައްސަލއެއްގާ މުޅ ގައުމުގެ އެއްމެހާ ރައްޔިތުންގެ މައްޗައް ދަށުކޯޓަކުން އަމުރެއް ނެރެވިދާނެ ކަމަކަށް ގާނޫނު އަސާސީ ގެ އެއްވެސް މާއްދާއެއްގައި ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީއަށް ބަދަލެއް ގެނެސްގެން އެކަމާ މެދު ދުސްތޫރީ މައްސަލއެއް ސްޕްރީމް ކޯޓައް ހުށަހެޅީމާ ސްޕްރީމް ކޯޓުން މައްސަލަ ބަލާ ނިމެނދެންވެސް އާއްމުރައްޔިތުންގެ މައްޗަށް އަމުރެއް ނުނެރެވޭއިރު ބައެއްގެ މެދުގައި ހިންގާ ޖިނާއީ ޝަރީއަތަކާ ގުޅިގެން އެންމެހާ ރައްޔިތުންނގެ މައްޗަށް ކޯޓަކުން އަމުރެއް ނެރެވިދާނެ ކަމަކަށް ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މޫސާ މަނިކު ދެކިވަޑައެއް ނުގަންނަވައެވެ.
ގާނޫނު އަސާސީގެ 44 ވަނަ މާއްދާގައި ބުނަނީ ކުށުގައި ތުހުމަތުކުރެވޭ މީހުންގެމައްޗައް ތަހުގީގު ހިންގާ ޝަރީއަތް ކުރެވިދާނެކަމަށާއި އެކަމާ ގުޅގެން އެހެން މީހެއްގެ ހައްގަކަށް ނުވަތަ ގާނޫނީ ވާޖިބަކަށް ހުރަސް ނޭޅޭ ނެކަމަށް ވެސް މޫސާ މަނިކު ވިދާޅުވިއެވެ.
ގާނޫނު އަސާސީ ގެ 59 މާއްދާގައި ބުނާ ހައްގެއް ކޯޓަކުން ހިފަހައްޓާ އަދަބެއް ނުދެވޭނެ ކަމަށާޢި ކޯޓުތަކަށް ލިބިގެންވާ ބާރުތަށް ގާނޫނު އަސާސީ ގެ 42 ވަނަ މާއްދާގައި ބަޔާން ކުރާއިރު މައްސަލައކާއި ގުޅިގެން އަޅާ އިދާރީފިޔަޅު އެޅުމުގައި ކަން ކުރަންޖެހޭ ގޮތް ގާނޫނު އަސާސީ ގެ 43 ވަނަ މާއްދާގައި ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވާ ކަމަށް ވެސް މޫސާ މަނިކު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅެއް ވެސް ގާނޫނު އަސާސީގެ 62 ވަނަ މާއްދާއާއި 63 ވަނަ މާއްދާއަށް ރިއާއަތް ކުރާއިރު ހައްގުތައް ގެއްލޭކަމަށް ފެންނަ ނަމަ ގާނޫނަކުން ބާރުލިބިގެން މެނުވީ އެފަދަ އަމުރުތަކަށް ތަބާނުވުމުގެ ހައްގު ލިބިގެން ވާކަމަށް ގާނޫނު އަސާސީގެ 64 ވަނަ މާއްދާ ބުނާކަން މޫސާ މަނިކު ފާހަގަ ކުރައްވައެވެ.
އަދަދު ނޫހުން ޝާއިއުކުރި ޑޮކިއުމަންޓްރީ އެއްގައި ރައީސް މުއިއްޒު ޒިނޭކުރިކަމަށް ބުނާކަމަށް ތުހުމަތުކޮށް ޕީޖީން ހުށައެޅި ގަޒްފުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ހިއްސާ ނުކުރުމަށާއި އޭގައި ބަޔާންކޮށްފައިވާ ކަމެއްގެ ވާހަކަ ނުދެއްކުމަށް އަމުރެއް ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ވަނީ ނެރެފައެވެ. މިހާރު މިވާގޮތުން ފަރުނީޗަރު ފިހާރައަކުން ސޯފާއެއް ގަނެގެން ޕިކަޕަކަށް އަރުވައގެން ދަނިކޮށް ކޯޓުއަމުރާ ހިލާފުވެގެން ހައްޔަރު ކުރަންވީނޫންތޯ މުސާ މަނިކު އައްސަވައެވެ.


