އަތްޖެހުމުގައި ދެ އަހަރު: ވީކަމެއް ކޮށްދިން ކަމެއް ހަރާން
ތެދެކެވެ. ބިއްލޫރި ޓަނަލެއް އަޅާވާހަކަ ބުނީމަވެސް އެންމެން ފުންމައިގެން ތެދުވެ ނިކަން ބާރަށް އަތްޖަހަން ބަޔަކު ތިއްބެވެ. މިދިޔަ އަހަރަކީ ބޯހިޔާވަހިކަމުގެ އިންގިލާބީ އަހަރެކޭ ބުނީމާ އެއްބަޔަކު ގޮނޑި މައްޗަށް އަރާވެސް އަތްޖެއްސެވެ.
ޑޮލަރު ހުރީ ހިފެހެއްޓިފައޭ މައްޗަށް ނާރާނެއޭ ބުނީމާ ވެސް އަތުން ފޮޅުނަގަންދެން ބަޔަކު މީހުން އަތް ޖެއްސެވެ. 2025 ވަނަ އަހަރު ނިމޭއރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ނައްތާލުމުފެ އެންމެ މިޒަމާނުގެ ނިޒާމު ގާއިމުކޮށް ނިންމާނެ ކަމަށް ބުނުމުން ގޮނޑުހުޅުން އަތްނެއްޓޭ ވަރަށް ވެސް އަތް ޖެއްސެވެ.
މިއަދަކީވެސް އޭގެ ދުވަހެކެވެ. މޫނަށް ރުލެއްވެސް އަރުވާނުލާ ގޮގު ވައުދު ވުމުގައި ދެއަހަރު ދުއްވާލި ގޮތަށް އަނެއްކާވެސް މިއަދު ދޮގުމައްޗަށް ދޮގު ހެދި ދުވަހަކަށް ވެގެން ތާރީހުގެ ތެރެއަށް މިއަދުވެސް ވަދެގެން އެ ދިޔައީއެވެ.
ރިޔާސީ ބަޔާނުގެ ނަމުގައި މިއަދު އިއް އެނިންމާލީ ދޮގު ލިސްޓެއް އެކަންޏެއް ނޫނެވެ. އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަދެ ރާއްޖޭގެ އަމިއްލަ ފަރާތްތަކުގެ ވިޔާފަރި އިނދްޖައްސާލުމަށް އަމާޒު ހިފިކަންވެސް އިއުލާނުކުރިއެވެ.
އެހެންވިޔަސް ހެޔޮތާއެވެ. 2026 ގެ އައު ދޮގު ލިސްޓް ކިޔާލިއިރު ހަމަ އެވެރިން އެ އުޅެނީ އަތްޖެހުމުގަެި ހޭބޯނާރައެވެ. ވެތުވެދިޔަ ދެ އަހަރު ތެރެގައި ތާރީހުދުށް އެންމެ ބޮޑު ދެ ބަޖެޓާއި ހޯދި ސަޕްލިމެންޓްރީ ބަޖެޓުތަކުން ވީކަމެއް ކޮށްދެވުނުކަމެއް މުއިއްޒަށް ހަރާމުން ހަރާމެވެ.




