މޭޔަރ އާޒިމް ކެރަލާ އާބަން ކޮންކްލޭވް 2025ގައި

މޭޔަރ އާޒިމް ކެރަލާ އާބަން ކޮންކްލޭވް 2025ގައި

މާލެ ސިޓީގެ މޭޔަރު އޮނަރަބަލް އާދަމް އާޒިމާއި ސިޓީ ކައުންސިލަރު ރިޝީ އަހުމަދު ކެރެލާ އާބަން ކޮންކޮލޭވް 2025 ގައި ބައިވެރިވެ ވަޑައިގެންފިއެވެ. އިންޑިއާ ކެރެލާ ސްޓޭޓްގެ ކޮޗީގައި ބޭއްވޭ ކެރަލާ އާބަން ކޮންކްލޭވް 2025 އަކީ ބައިނަލް އަގުވާމީ ބައްދަލުވުމެކެވެ. 

އައު ގޮތްތަކަށް ސަހަރުތައް ހިންގުމާއި އެންމެންނަށް ފައިދާވާ ގޮތަށް ތަރައްގީ ގެނައުމަށް އަމާޒު ހިފައިގެން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމުގައި މާލެސިޓީން ބައިވެރިވުމަކީ އޭގެފައިދާ މުޅިގައުމަށް ކުރާނޭ ކަމެކެވެ.

މާލެ ސިޓީއަށް ވިސްނުންތެރި ކަމާއެކު ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް އެހީތެރިވެދޭނެ މުހިންމު ބައްދަލުވުމަކަށް އެ ބައްދަލުވުން ވެގެން ދާނެއެވެ.

ކެރަލާ އާބަން ކޮންކްލޭވް 2025 އަކީ ސަހަރީ ކުރިމަގަށް ގުޅިގެން މަސައްކަތް ކުރުމަށާއި ބައިވެރިވުން އިތުރުކޮށް ގުޅުން ގާއިމުކޮށްގެން ކުރިއަށް ދިޔުމަށް ބޭއްވޭ މިފަދަ އެހެނިހެން ބައްދަލުވުންތައް ފަދަ އުފެއްދުންތެރި ބައްދަލުވުމެކެވެ. 

ކެރަލާ އާބަން ކޮންކްލޭވް 2025ގައި ސަހަރުތަކުގެ ތަރައްގީއާއި ގުޅުންހުރި ޕޮލިސީ މޭކަރުންނާއި ފަންނީ ތަޖުރިބާކާރުން ބައިވެރިވެއެވެ.