ވައްކަމާ ރިޝްވަތު ނާޖާއިޒުކޮށް ހަޖަމުކުރުން ހަދިޔާ ކިޔަސް ޖާއިޒެއްނޫން

ވައްކަމާ ރިޝްވަތު ނާޖާއިޒުކޮށް ހަޖަމުކުރުން ހަދިޔާ ކިޔަސް ޖާއިޒެއްނޫން

ވައްކަމާ ރިޝްވަތަކީ ތިމާ ނާޖާއިޒުކޮށް ހަޖަމުކުރާ އެހެން މީހުންގެ ހައްގުކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.  ޑރ. ސަވާދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވަނީ ހަރާން އާމްދަނީން ކައިގެން، ބޮއެގެން، ފޭރާންކޮށްގެން ހުންނަ މީހާގެ ދުޢާ އިޖާބަ ނުކުރައްވާނެކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ. "އެޔަށް ހަދިޔާކިޔަސް ޖާއިޒެއްނުވާނެ" ކަމަށް ޑރ. ސަވާދު ވިދާޅުވިއެވެ. 

މުސްލިމުން ކައިބޮއި ނިވާވެ އުޅެންޖެހެނީ ހަލާލު މަސައްކަތުން ހޯދާ ހަލާލު އާމްދަނީ ކަމަށާއި މުސްލިމެއްގެ ގެއަށް ވަންނަނީ ހަލާލު އާމްދަނީކަން ކަށަވަރު ކުރުމަކީ ކޮންމެ އާއިލާއަކުން ކުރަންޖެހޭ ކަމެއް ކަމަށް ޑރ. ސަވާދުވިދާޅުވިއެވެ. "ހަރާން އާމްދަނީން ކައިބޮއިގެން ގައިޖަހާ މަހަކީ ނަރަކައިގަ އަނދާނެ ދަރު" ކަމަށްވެސް ޑރ. ސަވާދު ވިދާޅިވިއެވެ. 

ޑރ. ސަވާދު މިމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ މިހާރު އާއްމުކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މާލީ ބާޔާން ތަކުގައި ގިނަ މެންބަރުން ތަކަކަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ މުދާ ލިބިފައިވާކަން ފާހަގަ ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. ސަވާދު ވިދާޅުވަނީ ހަރާމް ހަލާލު ނުބަލާ ތިމާގެ އަމިއްލަ މަންފާއަށް މީސްތަކުންގެ ހައްގުތަކަށް އަރައިގަނެ މިންބަރަށް އަރާ ކިތަންމެ ރީތި މަހުރަޖައަކަށް ހުތުބާކިޔަސް އެއީ އަމިއްލަ ނަފްސަށް އަނިޔާވެރި ނަރަކަޔަށް ސްޕްރިންޓް ކުރާ މީހެއްކަން ރައްޔިތުން ދަންނަ ދުވަހަކީ މުޖްތަމައުއަށް ކޮންފަދަ ހެޔޮ ދުވަހެއްޓޯއެވެ. ކިތަންމެ ބާރަށް "އެޔަށް ހަދިޔާކިޔަސް ޖާއިޒެއްނުވާނެ" އެވެ. 

ވެރިކަމުގައި ހުންނެވިއިރު އެތައް މިލިޔަން ޑޮލަރެއް ހަދިޔާގެ ގޮތުގައި ލިބިވަޑައިގަތް ކަމަށް އިއުތިރާފްވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޔާމީން ކުރެއްވިހާ ވައްކަމާއި ނެގިހާ ރިޝްވަތު ދިފާއުުރެއްވަނީ "ހަދިޔާ ބޯޑު" އަޅުވައިގެންނެވެ. ރައީސް ޔާމީނު އަރިހުން ދަރިވަރުވީ ސިޔާސީންކުރެ މިހާރުގެ މަޖިލީހުގެ އެތައް މެންބަރަކު ރިޝްވަތާއި ވައްކަމާއި ހިޔާނާތާއި މަގާމާމުގެ ނާޖާއިޒު ފައިދާ ނެގުން ހަދިޔާގެ ގޮތުގައި ހަރާމު ހަލާލު ކުރާކުރުން ރައްޔިތުން ނިކުމެ ހުއްޓުވަން ޖެހެއެވެ.