ފޭދޫއައިބީ ބޭނުމީ މުއިއްޒާ ދެކޮޅަށް ރައްޔިތުންނެރެން!

ފޭދޫއައިބީ ބޭނުމީ މުއިއްޒާ ދެކޮޅަށް ރައްޔިތުންނެރެން!

ގެރިހަން ލައިގެން މިނިކާވަގު ބަކަރި އައިނެއްގެ ތެރެއަށް ވަންނަނީ ބަކަރި ހިފާކައިހުސް ކުރާށެވެ. ޑިމޮކްރަސީ ދުލީގައި ވޯޓު ފޮށިން ވެރިކަމަށް އައިސް ހުދު މުހުތާރު ގޮށްމުށު ވެރިކަމެއްކުރަން އުޅެނީ ރައްޔިތުންގެ ބާރުކަނޑުވާލުމަށެވެ. ދައުލަތް ދަވާލުމަށެވެ. ރައްޔިތުންގެ ހައްގުތަކަށް ހަރާން ކޯރުވުމަށެވެ. މިނިކާ ބާޒެއްހެން މީހެއްގެ ރިޔާސީ ޓިކެޓެއް ފޭރިގަނެގެން ވެރިކަން ހޯދާނީ ގައިމު ވެރިކަމައިެން ބޫތެއް ކައިފާ ހުރީމާތާއެވެ.

ދައުލަތުގެ ބާރުތައް މުއިއްޒުގެ އަތަށް ކަހަމުން ލޮލަކަށް ބޮލަކަށް ބެލުމެއްނެތި މުޅި ދައުލަތް މުއިއްޒުގެ ފައިކޭޓަށް ވައްޓާލާ ނިމެނީއެވެ. "ދޭނަން ކޮށްދޭނަން" އަވާގައި ރައްޔިތުން ޖައްސާ ރައްޔިތުންގެ މަޖިލިސްވެސް ރަހީނުކޮށްފިއެވެ. ފަނޑިޔާރުގެއާއި ފާރަވެރި މުއައްސަސާތައް އޮތީ ރަނގަޅަށް ބްލެކްމެއިލް ކޮށްފައެވެ. އެކަކަށް އެއްކަމެއް ނުކުރެވޭ ވަރަށް މަޖިލީހާއި ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތައް ބަނދެލައިފިއެވެ. 

ގާނޫނާއި އުސޫލަކީ ރައީސް ވިދާޅުބަސްފުޅަށްވެ ނިމުނީއެވެ. މުއިއްޒު ބޭނުންވާ ކަންކަން ބޭނުންހާ ގޮތަކަށް ކުރުމަށް ގާނޫނުގެ ނަމުގައި ލައިސަންސްދީ ތައްގަޑު ޖަހާދޭން އޮންނަ ތަނަކަށް ރައްޔިތުންގެ މަޖިލިސް އޮތީ ހަދާފައެވެ. މަޖިލިސް މެކުހަށް ޖަހާފައި އޮތީ މުއިއްޒަށް ހަައްދުފަހަނައަޅާ ވަރަށް ހިފެހެއްޓުމެއް ނެތި ބާރުތައް ދިނުމަށެވެ.

މުއިއްޒަށް ހަައްދުފަހަނައަޅާ ވަރަށް ހިފެހެއްޓުމެއް ނެތި ބާރުތައް ދިނުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެކެވެން ފެށީމާ އަލަކުން ދައްކާކަށް ރައްޔިތުންގެ ވެރިކަމެއްގެ ވާހަކައެއް ނެތެވެ. 

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެގެން ރައްޔިތުންނާ ދެކޮޅަށް ރައްޔިތުންގެ މަންދޫބުން ފާޅުގައި އެތިބަ އަޑުއުފުލަނީއެވެ. ވަކި މީހަކަށް ހައްދެއްނެތް މިންވަރަށް ބާރުދީގެން ރައްޔިތުންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރަނީއެވެ. ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓރ އަލީ އިހުސާން އިސްވެހުރެ ރާއްޖޭ ރައްޔިތުންނަށް ޖައްސަން އުޅޭހާލު އަލީ އިހުސާނުގެ ބަފާމީހާ ކަރުންނާރު ނަގާ މަޖިލީހުގެ ތަޅުމުގައި އެހުރެ ގޮވާ ނަގަނީއެވެ. 

ފޭދޫ އިބްރާހީމް ދީދީ އެދަައްކަނީ އޭނާގެ އަމިއްލަ ވާހަކައެއް ނޫނެވެ. ވާދަވެރިން ނައްތާލާ ވަރުގަދަ ގޮށްމުށުގެ ވެރިކަމެއް މުއިއްޒަށް ހިންގަދޭން އަލީ އިހުސާނަށް ހައްދެއްނެތް ވަރަށް ބާރުދޭން ގޮވާލާ ގޮވާލުމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހެއެވެ. ރައްޔިތުންގެ ހައްގާ ބައިނަލްއަގުވާމީ ހަމަތަކާއި ދައުލަތުގެ ބާރުތައް ފުޑާލާ މުއިއްޒަށް ހުރިހާ ބާރެއް ދީގެން ރައްޔިތުން ތިބެން އެހެން މީހަކަށް ނެތް ހައްގެއް މުއިއްޒަށް ގައުމުގާ އޮތީހެއްޔެވެ. ކުރާނެހާ ކަމެއް ކުރަން މުއިއްޒު ނުބަހައްޓާ ރައްޔިތުން ނިކުމެ މުއިއްޒު ވާއްޓާލުމަކީ ކިފާޔަތުގެ ފަރުލެކެވެ.