ސައުދީގެ ޚާއްސަ މެހެމާންދާރީގާ އަދީބް ބްރޯ އުމްރާއަށް
ސައުދީ ރޯޔަލް ފެމިލީގެ ހާއްސަ މެހެމާންދާރީއެއް
މުއުތަބަރު މަޢުލޫމާތު ބުނާ ގޮތުން ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަސީގެ ލީޑަރ އަޙްމަދު އަދީބާ އެ މަނިކުފާނުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ މި ވަގުތު ވަނީ ޢުމްރާ ދަތުރުފުޅެއްގައި މައްކާގެ ޙަރަމަށް ވަޑައިގަތުމުގެ ދަތުރުފުޅެއްގައެވެ. އަދި އެދެކަނބަލުންގެ މިޢުމްރާ ދަތުރުފުޅަކީ ސަޢުދީ ރޯޔަލް ފެމެލީ މެމްބަރެއްގެ ޚާއްޞަ މެހެމާންދާރީގައި އަދާ ކުރައްވާ ޢުމްރާގެ އަޅުކަމުގެ ދަތުރުފުޅެއް ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
މަޢުލޫމާތު ލިބޭ ގޮތުން ޢުމްރާގެ އަޅުކަމަށްފަހު އެ ދެކަނބަލުން ޗުއްޓީ ދަތުރުފުޅެއްގައި މޯލްޓާއަށް ވަޑައިގަންނަވާނެއެވެ. އަޑު އަރާފައިވާ ގޮތުން މޯލްޓާއަކީ އެތަށް ބިލިއަން ޑޮލަރެއްގެ ވިޔަފާރި އަހުމަދު އަދީބާ ގުޅިގެން ހިނގާ ގައުމެކެވެ.
ކަށަވަރު ނުކުރެވޭ ބައެއް މަޢުލޫމާތުން އެނގޭ ގޮތުގައި އަހުމަދު އަދީބުގެ ދެކަނބަލުން ވަނީ ޑުއަލް ސިޓިޒަންޝިޕްގެ ދަށުން ރާއްޖެ ނޫން ރަށްވެހިކަމުގެ ޕާސްޕޯރޓް ވެސް މާކުރިން ހޯއްދަވާފައެވެ.
ތަންފީޒު ކުރެއްވި ހުކުމްތަކަށް 8 އަހަރު ފަހަނަ އަޅާފައިވުމުން ޖަލުތަކާ ޕެރޯލްގެ ގާނޫންގެ ދަށުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އަހުމަދު އަދީބާ ޒިޔަތުގެ ޙުކުމްގެ ބާކީ މާފު ކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުން އަހުމަދު އަދީބްގެ ޕާޓީން ރައީސް މުއިއްޒަށް ވަނީ މަރުޙަބާ ވެސް ކިޔާފައެވެ.
އެނގިފައިވާ ގޮތުން ރާއްޖޭގެ ސިޔާސީ ކަންކަމަށްވުރެ ބޮޑަށް އަހުމަދު އަދީބް މިވަގުތު އިސްކަން ދެއްވަނީ އެމަނިކުފާނުގެ އެހެނިހެން މަސައްކަތްޕުޅު ތަކަށެވެ.