މުއިއްޒު 228 މީހުން ކަނޑާނީ ޝިއުނާމެން ކެނޑިހެން!

ސިޔާސީ މީހުން ކެނޑުމަކީ އަދާވާތްތެރިން އުފެއްދުން

މުއިއްޒު 228 މީހުން ކަނޑާނީ ޝިއުނާމެން ކެނޑިހެން!

އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ މީހުންތަކެއް ވަކިކުރުމުގެ ވަރުގަދަ ފިޔަވައްސެއް ފެށުމަށް މުއިއްޒު ތައްޔާރުވެއްޖެ ކަމަށް ބުނެފިއެވެ. އެހިއްވަރާ ކެރުން މުއިއްޒުގައި ހުންނާނެ ކަމަކަށް ނުބެލެވެއެވެ. މުއިއްޒަށް ވުރެ ބާރުގަދަ އެތައް ބަޔަކު ހިމެނޭ ސަރުކާރަކުން މީހުން ކަނޑާ ވާހަކަ މުއިއްޒު ދެއްކީމާ އަންނަނީ ހިންޏެވެ. 

އައްދުއްރަހީމްގެ ކޮއިލުން އެންމެ އިސްތައްޓެއްވެސް ނިކަން އުފުރާލަ ބަލާށެވެ. ޒަމީރުގެ ނިވަލުގައި ހުރި އެކަކާވެސް ކުޅެލަ ބަލާށެވެ. ރެޑްވޭވާއި ހިންނަވާރު ޖުވާރީގެ ހިޔާލިބި ހުރި އެކަކުވެސް އެއްލައިލަބަލާށެވެ. ގަމަރުގިރިން ފެންދޭ މީހެއް ހެޕީ މާރުކޭޓުން ހޮވާކާ މީހެއް ބްރޯގެ އައުވާނެއް ސަލަފީންނެއް ކިޔާނެކަމެއް ނެތެވެ. އެކަހަލަ އެތައް ވަންހައެއްގެ ބަޔަކު ލައިގެން މޮޑެފައިވާ މަސްހުނި ގަނޑަކުން ވަކިއެއްޗެއް ވަކިކުރުމަކީ އޭގެ ނުރައްކާ ނުޖެހި ނުދާނެ ކަމެކެވެ. ހަގީގަތުގައި އެއީ އަދާވާތްތެރިން އުފެއްދުމެވެ.

ޑރ. މުއިއްޒުގެ މަތިބަރު ބިޔަ ބޮޑު ސަރުކާރުން 228 ސިޔާސީވެރިން ކަޑާލުމަކީ ސަހަލު ކަމަކަށް ނުވާނެއެވެ. 3000އަށް ވުރެ ގިނަ ސިޔާސީ މީހުންނުލާ ނުހިންގިގެން އުޅޭ މުއިއްޒު ސަރުކާރަށް ވަރުގަދަ ލޮޅުމެއް އަރާނެ ކަމަކަށް ނޫނީ 228 ސިޔާސީ މީހުން ކަނޑާލުން ނުވާނެއެވެ. ކުރަން ހުރި ކަމަށް ނުބަލާ މީހުނަށް ވަޒީފާ ދީގެން ބާރު ދަހައްޓަން އުޅޭ މުއިއްޒަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮން ޖެހުމަކަށްވާނީ ސިޔާސީ ބަޔަކު މުލުންލުހެ އުކާލުމެވެ. 

ސަރުކާރު ހިންގުމުގެ ހަރަދުން މަހަކު 5.7 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަކަށް 228 ސިޔާސީ މީހުން ކަނޑާލުން ވާނެކަމަށް މުއިއްޒު ބުނެއެވެ. މަލްޝާއާއި ޝިއުނާ ސަސްޕެންޑްކޮށް އިސްތުއުފާދޭހެން ތިޔަ 228 މީހުނާ މެދު ކަންކުރަންޏަކާ 5.7 މިލިޔަން ކިއްކުރަންހެއްޔެވެ. ލޯލާރިއެއްވެސް ހަރަދަކުން ކުޑައެއް ނުވާނެއެވެ. 

މުއިއްޒު ވެރިކަމަށް އައުމަށް ހޭދަކޮށްދިން ފަރާތްތަކުގެ ޕްރޮކްސީގައި ސިޔާސީ މަގާމު ދީފައި ތިބި މީހުންނާ ކުޅެލުމަކީ ކަނި ކަނޑުވާލާނެ ކަމެކެވެ. 228 ސިޔާސީ މީހުން ކަނޑާލަން ގަސްދުކުރާ ވާހަކަ ބުނުމުން މުއިއްޒުގެ ހިތްވަރު ގަދަކަމަށް ވެގެން ސަނާކިޔާ މީހުން މާދަމާ ކަނޑާލީމާ ޖައްސާނެ ވައްތަރު މިހާރުވެސް ކުރިމަތީ އެބަ ތަމްސީލުވެއެވެ. 

މަގާމްތަކުން ކަނޑާލާ ސިޔާސީ 228 މީހުނަށް މިހާރު ލިބޭ އާމްދަނީ ނުލިބޭ ގޮތަށް މަގާމުން ވަކިވާން ރުހިގެން މުއިއްޒަށް ސަނާކިޔާ ސަރުކާރު ނަގަހައްޓާކަށް ނުތިބޭނެއެވެ. މުއިއްޒާ ބައިވެރިވެގެން ދައުލަތް ދަވާލައިގެން ހުރި ރަމީ ކަޑާލީމާ ހަނުހުއްޓަކަސް އެންމެނަކު ނުތިބޭނެއެވެ. ހަށީ ހޫނުކަން އެތައް ފަހަރަކު ހިއްސާކޮށްފައި ހުންނަ ސިހުރު ރާނީމެން ނަގޫ ގޮށްޖެހިފައި ތިބީމާ އަނގަބަންދު ވެފައި ތިއްބަސް ސަރުކާރު ރޫޅާ ފަޅާއަޅާނެ ކިތަންމެ ބަޔަކު އެ 228 ގައި ތިބޭނެއެވެ.