މުއިއްޒުގެ ސިޔާދަތު ރަތްރޮނގު 50މިލިޔަން ޑޮލަރަށް ފުހެލީތަ!

މުއިއްޒު އިންޑިއާ އާއި ދެކޮޅަށް ނުކޮށް އޮތްކަމަކީ ހަނގުރާމަ އިއުލާނުކުރުން.

މުއިއްޒުގެ ސިޔާދަތު ރަތްރޮނގު 50މިލިޔަން ޑޮލަރަށް ފުހެލީތަ!

އަވައްޓެރި އިންޑިއާ އަކީ ޓެސްޓްކޮށް ފާސްވެފައިވާ ދެގޮތެއްނުވާ މިތުރެކެވެ. ރާއްޖެއަށް ކުރިމަތިވާ ކޮންމެ ނުރައްކާތެރި ކަމަކާއި ކޮންމެ ދަތިހާލެއްގައި އެހީތެރިވެދޭ ބައިވެރިއަކީ އިންޑިއާއެވެ. ނޮވެމްބަރ 3 އާއި ސްނާމީއާއި މާލެ ފެނަށްޖެހުމާއި ކޮވިޑްގެ ހާލަތުގައި އިންޑިއާ ދިވެހި ރައްޔިތުންނަށް ވެދިން އެހީތެރިކަމަކީ އެކަކަށް ވެސް ނޭނގޭ ކަމެއް ނޫނެވެ. ބަޖެޓް ސަޕޯޓާއި އެހެނިހެން މާސިންގާ އެހީތެރި ކަމުގެ ވާހަކަ ދެއްކިޔަސް ކޮޅުން ނުލާނެއެވެ. 

ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ އިންޑިއާއި މެދު ދިވެއްސަކު ނުރުހުމުގައި ލޮލުގެ ކުޑަކޮޅުންވެސް ބަލާނުލާނެއެވެ. އެހެން ނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ހިތުގައި އޭރުއޮތް ސަރުކާރާމެދު ނަފްރަތު އުފެއްދުމަށް ރައީސް ޔާމީނު އިސްވެހުރެ އިންޑިއާ އާއި ޖެހިގަތީ ތިޔަހެންނަކުން ނޫނެވެ. ސިޔާދަތޭ މިނިވަންކަމޭ ކިޔައިގެން އިންޑިއާ އާއި ދެކޮޅަށް އޭރުނުކުރާ އެއްކަމެއް ނެތެވެ. ރާއްޖޭގައި އޭރުތިބިހާ އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ މީހުންނާއި ވިޔަފާރިވެރިންނާއި މަސައްކަތު މީހުނަށް ރާއްޖޭގައި އުޅެން ދަތިވާވަރުކޮށްލިއެވެ. އިންޑިއާގައި ވިޔާފާރިކުރުމަށާއި ކިޔަވާށާއި ބޭހަށްގޮސްތިބި ދިވެހިންނަށް އިންޑިއާގައި އުޅެން އުދަގޫ ވާވަރަށް ރައީސް ޔާމީނާއި އޭނާގެ އައުވާނުން ރާއްޖޭގައި އިންޑިއާ އައުޓް ޖެއްސިއެވެ. ކުރެވޭނީ ކީއްކަން އިހުސާސްވީ އިންޑިއާގައި ތިބި ދިވެހިންގެ ޕްރެޝަރ ބޮޑުވެ އިންޑިއާ އައުޓް ޖެއްސުން ހުއްޓާލަން މަޖުބޫރުވާވަރު ވުމުންނެވެ. 

ލަވަ ބަދަލުކޮށްގެން ފަހުން ޖައްސަން ނިކުތީ އިންޑިއާ މިލިޓަރީ އައުޓެވެ. ރައީސް ޔާމީނުގެ އިތުރަށް އެކަމުގައި އިސްވެތިބީ މިހާރުގެ ރައީސް މުއިއްޒާއި އަދުރޭއާއި ގައްސާނާއި ނައިފަރު ޝިޔާމާއި ތުރާކުނު ސައީދާއި ފައިނު އާދަން ޝަރީފާއި ބާރަށު ޝުޖާއު ކަހަލަ ކިތަންމެ ބައެކެވެ. 

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް މުއިއްޒު ޖަހައިގަތުމަށް ފަހުވެސް ބައިގަނޑު ބޮޑުކުރުމަށް އެންމެ ބާރަށް ދެއްކީ އިންޑިއާ އައުޓްކުރާ ވާހަކައެވެ. އިންޑިއާއިން ރާއްޖެއަށް ކޮށްދިން ކަމެއްކޮށްދިނީ ރާއްޖެ އަޅުވެތިކުރުމަށް ކަމަށް ރައްޔިތުންނަށް ވިސްނާދިނެވެ. އިންޑިއާގެ އިހުސާންތެރި ކަމުގައި ކޮޅުފައިން ޖެހިއެވެ. 

މުއިއްޒަށް ވެރިކަން ލިބުމުންވެސް އެކަން ކޮށްލީ ބޮޑެވެ. އިންޑިއާ ވަނީ ރާއްޖޭގެ ސިޔަދަތީ ރަތްރޮގު ހުރަސް ކޮށްފައިކަމަށް ސާފުބަހުން ރައީސް މުއިއްޒު ދިޔައީ ބުނަމުންނެވެ. އިންޑިއާއަށްވުރެ އިންޑިއާ ކަނޑުގައި ރާއްޖޭ ބޮޑުކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކިއެވެ. އިންޑިއާ ރާއްޖެއަށް ބްލީކުރާ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ބެކްވާރޑް ގައި އޮތް ގައުމެއް ނޫންކަމަށް ބުނެ ގަދަބަސް ބުނަމުން ދިޔައެވެ. އިންޑިއާއަށް ބަރޯސާވުން ނިންމަން ނުކުރާ ކަމެއްނެތެވެ. އާނ! ދޮގޭއޭ ބުނެ ރިސްޓްރަކްޗަރ ކުރެވެން އޮތް 50 މިލިޔަން ޑޮލަރު އިންޑިއާއަށް ދެއްކީ ފިސާރި މޭފުއްޕާފައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި އިންޑިއާ އާއި ދެކޮޅަށް ނުކޮށް އޮތްހާވެސް ކަމަކީ ހަނގުރާމަ އިއުލާނު ކުރުމެވެ. 

ގިނަ ދުވަސްތަކެއްނުވެ މުއިއްޒަށް ގޮތްހުސްވެ ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ރައީސް ޔާމީނު ބެއްދި މަޅީގައި ރައީސް މުއިއްޒު ރަނގަޅަށް ބަނދެވި އިންޑިއާގެ ފައިބުޑަށް އަނގަވަތަށް ވެއްޓި ދެފައިތަޅާ ރޯން މިއޮތީ ޖެހިފައެވެ. ރައީސް ޔާމީނުގެ ހުކުން ހަލާލުވިހެން ގެރިގޮރާއި މޯދީވެސް ހަލާލުވެއްޖެއެވެ. އެކަމަކު އިންޑިއާއި ގުޅުވައިގެން ދިވެހި ރައްޔިތުންނަށް އޮޅުވާލާ ހެދިހާ ދޮގަށް މުއިއްޒު ރައްޔިތުންގެކިބައިން މާފަށް އެދެން ޖެހެއެވެ.

ލަދުގަންނަން އަދިވެސް އެނގޭނެހެން ހިޔެއް ނުވެއެވެ. އިންޑިއާ އަށް މުއިއްޒު ސަރުކާރުން ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް އިތުރު އެއް އަހަރަށް އިންޑިއާއިން އިއްޔެ އެ ދަންމާލަ ދިނީއެވެ. ކުއްލި މާލީ އެހީތެރި ކަމެއް ގޮތުގައެވެ.