މުއިއްޒުގެ ޑިވްލޮޕްމަންޓް ބޭންކަކީ މަނީލޯންޑަރިންގ އައްޑާއެއް
މަރުކަޒީ ބޭންކްގައި ބޭނުން ކުރެވޭ ގޮތަށް ހުރި ރިޒާވް ހުސްވެ އަވަދިވަނީ
ކުލީ ގަލަން ތަކުން ވަށަފަރު މޮހަނދުގެ ވެރިކަމުގެ 9 މަހުގެ ބޮޑު ކާމިޔާބެއް ގޮތުގައި މުލައްމަކުރާ އެއްކަމަކީ މި އަހަރުގެ މޭ މަހު 17 ވަނަ ދުވަހު ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ވަށަފަރު މޮހަނދު އުފެއްދި އުފެއްދުމެވެ. އެ ބުނާ ބޭންކެއް އުފެއްދުމަކީ މާބޮޑު ކާމިޔާބެކޯލައެވެ. އަންތަރީސް ވާވަރުވެއެވެ. ރާއްޖޭގައި ސަރުކާރުގެ ބޭންކް ނެތިގެން ބަޔަކު އެބައުޅޭ ހެއްޔެވެ. ގައުމުގެ ދާމޫގަނޑުގައި ވަރެއް ނެތަސް ރާއްޖޭގެ ގައުމީ ބޭންކްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އެބަހުއްޓެވެ. ސަރުކާރުގެ އެސްއެމްއީ ބޭންކެއްވެސް އެބަހުއްޓެވެ.
އާއްމު ހިއްސާ އޮތް ގައުމީ ބޭންކްގެ މައްޗަށް އިތުބާރު ވަނީ ގެއްލިފައެވެ. އާއްމުންގެ ހިއްސާ އޮތަސް ސަރުކާރުގެ ކިރުފެލާ އޮތްބަކަށް ބީއެމްއެލް ހަދާފައި އޮތްކަން ނޭނގެނީ ކާކަށް ހެއްޔެވެ. ބޭންކަށް ޖަމާކުރާ އަމިއްލަ ޑޮލަރުކޮޅު ނެގުމަށް ބޭނުންވުމުން ދޫނުކުރެވޭ ވަރަށް ބީއެމްއެލްގެ ހާލަތު ދަށްވެ ހުދުފުށްވެފައި އޮތް އިރު ޑިވްލޮޕްމެންޓް ބޭންކެކޭ ކިޔާއިގެން ފައިސާ ދޮންނަން ސަރުކާރުން އުފައްދާ ބޭންކަކުން ކުރަނީ ވަކީން ކީއްހެއްޔެވެ. ރައްޔިތަކަށް ވާނެ މޮޅެއް ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ.
އަނެއްކޮޅުން މަރުކަޒީ ބޭންކުގައި ހަސްނެތް ގައުމެއްގައި ސަރުކާރުން ކިތަންމެ ވަރަކަށް އެކި ނަމުގައި ކިތަންމެ ބޭންކެއް ހުޅުވިޔަސް ލިބޭނެ ކުރިއެރުމެއް ހަރާމެވެ. އަވައްޓެރި ބޭރު ގައުމުތަކުން މަސައްކަތު އައިސް އުޅޭ އާދައިގެ ލޭބަރުން މަނީ ޗޭންޖަރުންގެ ގޮތުގައި އުޅެވޭ ގައުމެއްގައި ސަރުކާރުން ބޭންކޭ ކިޔައިގެން އަނގަ ހުޅުވާކަށް ލަދެއް ނުގަނެއެވެ.
ރާޢްޖޭގެ އާއްމުންގެ ޖީބުތައް ނޮޅާލައިގެން ކޮންމެ ދުވަހަކު ލައްކަ ލައްކައިން ލޭބަރުން ފައިސާ ބޭރުކުރާ ކުރުން ނުހުއްޓުވެއެވެ. ރާއްޖޭގައި ކޮށްފައިވާ ބޮޑެތި އިންވެސްޓުމެންޓު ތަކުން އުފައްދާ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމްގެ ތެރޭގައި ހިނދު ކޮޅަކަށްވެސް ހިފަހައްޓާ ނުލެވެއެވެ. މަރުކަޒީ ބޭންކްގައި ބޭނުން ކުރެވޭ ގޮތަށް ހުރި ރިޒާވް ހުސްވެ އަވަދިވަނީއެވެ.
ވެރިކަމަށް ނުވަމަސް ވެގެން ދިޔައިރު ގެނެވުނު އިންވެސްޓްމަންޓެއް އެތެރެކުރެވުނު ބައިސެންޓް ވެސް އަލަކަށް ނެތެވެ. ލިބޭ އާމްދަނީ ތަޅާބުރުވަނީ އެކިނަން ނަމުގައި މަގާމު އުފައްދައިގެން އައުވާނުނަށް މުސާރަ ދިނުމަށެވެ. ދުނިޔޭގެ މާލީ އިދާރާތަކުގެ އިތުބާރު ގެއްލި ގައުމުގެ ސެވެރެންގެރެންޓީ ގަބޫލުނުކުރާ ހިސާބަށް ބަނގުރޫޓްގެ މަގުގައި ގައުމު ބާއްވައިގެން ސަރުކާރުން ހަދާ ޑިވްލޮޕްމެންޓް ބޭންކަކީ މަނީ ލޯންޑަރިން އައްޑާއެކެވެ.