މާލޭ މޭޔަރު ކަމަށް ދެ އެޑަމް: އޮޅުވާނުލާތި.

ދެ އެޑަމަކީ ވެސް މާލެއަށް ނިސްބަތްވާ 2 އެޑަމް

މާލޭ މޭޔަރު ކަމަށް ދެ އެޑަމް: އޮޅުވާނުލާތި.

ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގައި ކިޔަމުން އަންނަ ނަންތައް ގިނަ ނޫނަސް 2 އެޑަމް އެއްގެ ނަން ކިޔާ އަޑު އެބަ އަހަމެވެ. 

ދެ އެޑަމަކީ ވެސް މާލެއަށް ނިސްބަތްވާ 2 އެޑަމެވެ. މީގެ ތެރޭން އެއް އެޑަމް މީހުން ގާތު ބުނަމުން ދަނީ ތިމަންނަ މޭޔަރު ކަމަށް ނުކުންނަނީ ރައީސް އިބޫ ވިދާޅުވެގެން ކަމަށެވެ. ނަމަވެސް މި ވާހަކަ މުޅިން ވެސް މިހެން ބުނަނީ އެހެން އެ ބުނާ އެޑަމްގެ އަނގައިން އެކަންޏެވެ. 

ރައީސް ޞޯލިޙް އެއްވެސް މީހެއްގާތު އެބުނާ އެޑަމެއްގެ ވާހަކަ ވިދާޅުވި އަޑުއެހި ކަންފަތެއް ނެތެވެ. މިސްކިތު ހުޅުޖެހި މީހާހެން މަށޭ ކިޔާހޭ ނޫނީ މަށޭ ކިޔާށޭ ކިޔަމުންދާ އެޑަމަކީ ޢާންމު ގޮތެއްގައި ވެސް އަމަލަށްވުރެ ބަސްގިނަ އަނގަގަދަ މިތުރު ކަހަލަ އެޑަމެކެވެ. 

ދެން ހުރި އެޑަމަކީ މާގިނަ ބަސްތައް ބުނާ ވާހަކަ ގިނަ އެޑަމެއް ނޫނެވެ. އެއީ އަނގަމަޑު މިތުރު ކަހަލަ އެޑަމެކެވެ. އަނގަ މަޑަކަސް ހަވާލު ކުރެވޭ މަސައްކަތް ކިތަންމެ ބޮޑުވެފައި ގިނަޔަސް ވަގުތަށް ކަންނިންމާ ކާމިޔާބު އެޑަމެއްގެ ގޮތުގައި ފަހުން މިބުނި އެޑަމް ފާހަގަވެއެވެ.