އަފީފު ފިލީ އިދާރީ މޭޒުން ގޮވަގޮވާ އޮއްވާ

ކުއްލިއަކަށް ނިންމާލީ އިދާރީ މޭޒަށްވެސް ނޭގި: މެންބަރ ޝިފާއު

އަފީފު ފިލީ އިދާރީ މޭޒުން ގޮވަގޮވާ އޮއްވާ

މަޖިލީހުގެ ޖަލްސާ ފެށުނުތާ 10 ސިކުންތުތެރޭ މިއަދުގެ ޖަލްސާ ނިންމާލައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ހަސަން އަފީފް ފިލާ ރައްކާވެއްޖެއެވެ. އަފީފު ފިލާރައްކަވީ މަޖިލީހުގެ އިދާރީ މޭޒުން ގޮވަ ގޮވަ އޮއްވައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް އިޞްލާހުކުރަން ޖެހޭކަމަށް ބުނެ ދައުރުން ބޭރުން ބޭއްވެވި ޖަލްސާގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލީ ވަރަށް ހުދު މުހުތާރު ގޮތަކަށެވެ. ޖަލްސާ ފެށުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިނދެފައި ވިލުފުށި އަފީފް ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ބައެއް މެންބަރުން، އެމެންބަރުން ތަމްސީލު ކުރި ޕާޓީން ވަކިވެފައިވާތީ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އަލުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. 

އޭނާ އެ އިޝާރާތްކުރި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ. އެ ދެމީހުން ވަނީ އެމްޑީޕީން ވަކިވެފައެވެ. އެހެން ބުނުމާއެކު އަފީފް ވަނީ ޖަލްސާ ނިންމާލާފައެވެ.

ކުރު ނޯޓިސްއެއް ދިން ނަމަވެސް އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހާޒިރުވެ ތިއްބައި މަޖިލީހުގެ ޖަލްސާ ފެށުނުތާ ގިނަ އިރުތަކެއް ނުވެ ކުއްލިއަކަށް ނިންމާލީ އިދާރީ މޭޒަށްވެސް ނޭގިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއެވެ. 

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިފައިވަނީ އެމްޑީޕީގެ ބައެއް މެންބަރަކު އެޕާޓީން ވަކިވުމުން ކޮމިޓީތަކުގައި ޕާޓީތަކުގައި ޕާޓީތައް ތަމްސީލުކުރުމުގެ ނިސްބަތަށް އަންނާނެތީއެވެ.