ކެނދިކުޅުދޫ ގޭދޮށު މަސް ޕްލާންޓް

ހަތް މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާނެ

ކެނދިކުޅުދޫ ގޭދޮށު މަސް ޕްލާންޓް

ގޭދޮށު މަސް ޕްލާންޓް ގާއިމު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދު ތަކުގެތެރެއިން ގިނަ ވައުދުތަކެއް ވަނީ ފުއްދާފައެވެ. ކޮވިޑްގެ ހަލަތާއި ގުޅިގެން ދެއަހަރެއްހާ ދުވަސް ދިޔައީ ވައުދުތައް ފުއްދުމަށްވުރެ ރައްޔިތުންގެ ފުރަނަ ސަލާމަތް ކުރަން ކުރަންޖެހޭ ކަންކަން ކުރުމުގައެވެ. އެދުވަސްވަރު ވެސް ފުރުސަތު ލިބެން އޮތް އެންމެ މަތީދަރަޖައެއްގައި ގިނަގުނަ ވައުދުތައް ފުއްދުމުގެ މަސައްކަތްކުރެވެމުން ދިޔައެވެ. 

ގޭދޮށު މަސް ޕްލާޏްޓްގެ ވައުދު ފުއްދެވުމަށް ވަންޖެހޭ ތައްޔަރީތައްވެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައެވެ. ރާއްޖޭގެ ތަފާތު ހިސާބުތަކުގައި ބިނާ ކުރުމަށް ނިންމާފައިވާ ގޭދޮށު މަސްޕްލާންޓް ތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ގާއިމުކުރަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 2021 ގައެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަނދު އިންސްވެސްޓްމެންޓްސްއާއިއެވެ. ހަނދު އިންވެސްޓްމަންޓާ މި މަސައްކަތް ހަދަން ހަވާލުކޮށްފައި ވަނީ 4.4 މިލިއަން ރުފިޔާއަށް ހަތް މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.

ނ. ކެނދިކުޅުދޫ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތަކީ އެރަށު ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާނެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގައި ކަންނެއްޔާއި އެހެނިހެން ބަވަތުގެ މަސް ގަނެ ޕްރޮސެސް ކުރުމުގެ ގާބިލްކަން އެޕްލާންޓްގައި ހުންނާނެއެވެ. ސްމޯލް ސްކޭލް ގޭދޮށު މަސް ޕްލާންޓްގައި 20 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ކެޕޭސިޓީގެ އިތުރުން 10 ޓަނުގެ މަސް ސްޓޮކްކޮށް ފިނި ކުރުމުގެ ގަބިލުކަން ހުންނާނެއެވެ. ޕްލާންޓްގައި ޒަމާނީ އާލަތާއެކު އެކި ކަހަލަ މަސް ކިރާ، ކަނޑާ، ސާފުކޮށް، ފިނިކޮށް، ވެކިއުމްކޮށް، ބަންދުކޮށް، ކޮލިޓީ ޓެސްޓްކޮށް، ޕްރޮސެސް ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހުންނާނެއެވެ.