ޣާޒީ ސްކޫލު ދަރިވަރުން ސްޓެލްކޯއަށް
ސްކޫލްތަކުގެ ދަރިވަރުންނަށް އިންޖީނުގެއާއި ބެހޭ މައުލޫމާތު ދިނުން
ޣާޒީ ސުކޫލުގެ ދަރިވަރުންތަކެއް ހުޅުމާލޭ އިންޖީނުގެއަށް ޒިޔާރަތް ކޮށްފިއެވެ. ސްޓެލްކޯ އިން ހުޅުމާލޭގައި ހިންގާ އިންޖީނުގެއަށް ޣާޒީ ސްކޫލުން ދަރިވަރުންތަކެއް ޒިޔާރަތްކުރީ މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ.
ދަރިވަރުންނަށް ހުޅުމާލޭ އިންޖީނުގެ ދައްކާލުމުގެ އިތުރަށް އިންޖީނުގޭގެ މަސައްކަތްތައް ސްޓެލްކޯއިން ކުރިއަށްދާގޮތް ދައްކާލިއެވެ. އަދި ސްޓެލްކޯއާއި ބެހޭ ގިނަ މައުލޫމާތު ދަަރިވަރުންނަށް ފޯރުކޮށްދެވުނެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް އިންޖީނުގެއާއި ބެހޭ މައުލޫމާތު ދިނުމާއި އެތަންތާ މަސައްކަތްކުރާ ގޮތް އަމަލީ ގޮތުން ދައްކަދީ ޓެކްނިކަލް ދައިރާތަކަށް ކުދިން ޝައުގުވެރި ކުރުވުމަކީ ސްޓެލްކޯއިން ވަރަށް ގިނައިން ހިންގަ ހަރަކާތެކެެވެ.