ދިވެހި ދިދައިގައި ކަނޑު ކުލައަށް ޖާގައެއް ނެތް

ދިވެހި ދިދައިގައި ކަނޑު ކުލައަށް ޖާގައެއް ނެތް

ފަހަރެއްގައި ބަޔަކަށް އަޑުއަހަން ފަސޭހަ ނުވެދާނެއެވެ. އެހެނެއް ކަމަކު ދެވަނަ ވިސްނުމަކުން މި ކަމާމެދު ވިސްނާލުން ރަނގަޅުވެދާނެއެވެ. 

ގައުމިއްޔަތުގެ ވާހަކައިގެ އަޑުގަދަ މިކަލަ ދުވަސްވަރެއްގައި ގައުމިއްޔަތުގެ ރަމްޒުތަކާ މެދު ވިސްނާ ހިޔާލުކޮށްލީމެވެ. ވިސްނާލީ ގައުމީ ނިޝާނާއި ގައުމީ ސަލާމާއި ގައުމީ ދިދައާއި މެދުގައެވެ. 

ދުނިޔޭގެ ގައުމުތަކުގައި އެތަކެއްޗަށް އިހުތިރާމްކޮށް ކުރުނީސް ކުރުމުގައި ފިސާރި ބޮޑު ވާހަކައެއް އޮވެއެވެ. ގައުމީ ރަމްޒުތަކާ އެގައުމަކާ ބޮޑުގުޅުމެއް އޮވެއެވެ. މިސާލަކަށް އިންޑިއާގެ ގައުމީ ސަލާމުން  "ބަހާރަތުމާ" ކިތަންމެ ރަނގަޅަކަށްވެސް ސިފަކޮށްދެއެވެ. ގައުމީ ޖޯޝް ގެނުވައެވެ.

ރާއްޖޭގެ ގައުމީ ސަލާމުން ގައުމީ ޖޯޝް ދިވެހިންގެ ހިތަށް ވައްދައެއް ނުދެއެވެ. ރާއްޖޭގެ ގައުމީ ސަލާމުން ހަގީގީގަތުގަޢި ރާއްޖެ ސިފަވެ ގައުމީރޫހު ހިތްތަކަށް ވައްދާދެއޭ ބުނާކަށް ފަސޭހައެއް ނޫނެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ހަގީގަތަކީ އެއީއެވެ.

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑެވެ. ދިވެހީންގެ މައިގަޑު ރޯދި ބަރަކާތް ގުޅިފައިވަނީ ކަނޑާއެވެ. ދިވެހިން މަސްހޫރުވެފައި ވަނީ ޒަމާނުއްސުރެ ކަނޑުގެ ދަރިންގެ ނަމުންނެވެ. ހުރިހާ ކަމެއްހެން ލާމެހިފައިވަނީ ކަނޑާއެވެ. އެހެންނަމަވެސް ދިވެހި ގައުމީ ދިދައިގައި ކަނޑު ކުލައަކަށް ޖާގައެއްނެތެ.