ޔުމްނު ބުއްދި ސަލާމަތުން ބެހެއްޓުން މުއިއްޒަށް ހަޖަމެއްނުވާނެ!

ޔުމްނު ބުއްދި ސަލާމަތުން ބެހެއްޓުން މުއިއްޒަށް ހަޖަމެއްނުވާނެ!

ޔުމްނު ގަދަވެ ސަލާމަތުން ހުރެއްޖެނަމަ ލައްކަ ކަންކަން ބަރަހަނާ ވާނެއެވެ. މުޅި މައްސަލަ ރައުދު ބޮލަށް ކަނޑާލައިގެން ސަރުކާރުން ފޮރުވަން އުޅޭ ސިއްރުތައް ހާމަވާނެއެވެ. 

ރައުދު ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރަށް ބަލައިލުމުން ފުލުހުންގެ ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާކަން ވަރަށް ސާފެވެ. ޔުމްނު އާއި ދެމެދު ދެބަސްވުމެއް ނެތްކަން ފުލުހުން އާއްމުކުރި ފުޓޭޖުތަކުން އެނގޭއިރު ޔުމްނު ފުރާޅަށް ވައްޓާލީ ރައުދުކަމަށް ހަދާ ނިންމާލަން އުޅެނީކަމަށް ގަބޫލު ކުރެވެއެވެ. 

އަނެއްކޮޅުން ހަފްތާއެއް ވެގެން ދިޔައިރު ޔުމްނު ސަލާމަތް ކުރަން އެއްވެސް ކަމެއް ސަރުކާރުން ނުކުރެއެވެ. ޔުމްނަށް ރާއްޖޭން ބޭރުން ފަރުވާ ކުރަން ގެންދިޔުމަށް ފުރުސަތު ނުދީ ބަހަނާ ދައްކަނީ ކޮންކަމަކާ ބިރުންހެއްޔެވެ. 

ސަރުކާރުން ކަމެއް ސިއްރު ކުރުމުގެ ވިސްނުން ނެތްނަމަ އެއަރ އެމްބިއުލާންސެއް ޗާޓަރކޮށްގެން ވެސް ޔުމްނު ބޭރަށް ފަރުވާއަށް މިހާރު ގެންގޮސްފީހެވެ. އެކަމަކު އެއްވެސް އެހެންގޮތެއް އޮތްނަމަ އެކަމެއް ނުކުރާނެއެވެ. 

އެނގޭ ކަމަކީ ޔުމްނު ސަލާމަތްކުރަން ކުރަންޖެހޭ ކަންކަން ކުރުމުގައި ބޮޑުތަނުން އިހުމާލު ވެއްޖެކަމެވެ. ބުއްދި ސަލާމަތުން ހުރި މީހެއްގެ ގޮތުގައި މުޖުތަމައަށް ޔުމްނު ނިކުތުމަކީ ސަރުކާރަށް ހަޖަމްވާނެ ކަމެއް ނޫނެވެ. މުއިއްޒު ސަރުކާރުގެ އިހުމާލުތައް ފޮރުވާ މުއިއްޒުގެ އައުވާނުން ބަރަހަނާ ފޮރުވުމަށް ޔުމްނު ކުނިކޮށްލުން ނޫންގޮތެއް ނެތީ ކަންނޭގެއެވެ.