ދިވެހީންގެރާއްޖޭގައި ގޭންގު ކުދިން ކާމިޔާބުކޮށްފި!

ދިވެހީންގެރާއްޖޭގައި ގޭންގު ކުދިން ކާމިޔާބުކޮށްފި!

ނޫނޭވާ މުއިއްޒު ކުޅަދާނައެވެ. އާޝޯހުވެ ތަލިން ކުޅު ހިކިއްޖެއެވެ. 8 މަސްދުވަހުގެ ތެރޭގައި ރަސްމާލެ ނުހިއްކި ދެއަހަރުވެގެން ދިޔަސް އެންމެ 8 މަސްދުވަހުގެ ތެރޭގައި 3600 އަށްވުރެ ގިނަ މެންބަރުން ހިމެނޭ ގޭންގުތައް ނައްތާލައިފިއެވެ. ގޭންގަކަށް ޝަރުތު ހަމަވާ އެންމެ ގޭންގެއްވެސް ރާއްޖޭގައި މިހާރު އޮތްކަމަކަށް ނުވެއެވެ. 

ރާއްޖޭގައި ގޭންގެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވުމާއެކު ކުއްލިއަކަށް ހަނދާނަށް އައީ ވަރަށް ބޮޑު ވާހަކައެކެވެ. ރާއްޖޭގައި ގޭންގު ސްޓަރއެއް ކަމަށް މަޝްހޫރު މީހަކު ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބު ވުމާއެކު ކުރި ޓްވީޓެއްގެ ވާހަކައެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ " ވީ ވޮން " އެވެ. އަހަރެމެންނަށް ކާމިޔާބު ވެއްޖެއެވެ. " މުއިއްޒުސެންބެ2023 " ޓެގްކޮށް އެހެން މީހަކު ރިޔާސީ ކެންޕޭން ތެރޭގައި ކުރި ޓްވީޓެއްގައި "އިންޝާއައްލާހު ގޭންގު ކުދިން ވިލް ވިން" އޭވެސް ލިޔެ ޓްވީޓް ކޮށްފައިވެއެވެ. އެބުނި " ގޭންގު ކުދިން" ނުވަތަ " އަހަރެމެން" އަކީ ގޭންގުތައް ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ތެދެއްކަން މިއަދު އެ ސާބިތުވީއެވެ. ވެރިކަމަށް މުއިއްޒު އިންތިހާބުވުމަކީ ހަމަ ރަނގަޅަށްވެސް ގޭންގުތަކަށް ލިބުނު ކާމިޔާބެކީތާއެވެ. 

ކުރީގެ ވެރިކަން ތަކުގައި ގޭންގުތަކަށް މަދަދުވެރިވާ މެންބަރުންނާއި ގޭންގުތަކުގެ ޕްރޮކްސީގައި ހޮވިފައިވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބޭކަމަށް ކިޔާއުޅޭތީ އަހަމެވެ. މުއިއްޒު ވެރިކަމަށް އައިފަހުން އެ ވާހަކަ މީހުން ދައްކާ އުޅޭގޮތް ތަފާތެވެ. ގޭންގުތަކުގެ ޕްރޮކްސީގައި ހޮވިފައިވާ މެންބަރުންގެ އިތުރަށް ގޭންގު ސްޓާރުން މަޖިލީހުގައި ތިބިކަމަށް ކިޔާ މީހުން މިހާރު ލައްކަ ގިނައެވެ. މަޖިލީހުގެ 80 އެތައް މެންބަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާއިރު އެ ބުނާ ގޭންގް ޕްރޮކްސީ މެންބަރުންނާއި ގޭންގު ސްޓަރުންގެ ގިނަ ބަޔަކު ތިބޭނީ ވެސް އޭގެ ތެރޭގައިތާއެވެ. 

އަނެއްކޮޅުން ފުލުހުންގެ ރެކޯޑްތަކުން އެތައް ބައެއްގެ ކުށުގެ ރެކޯޑް ގާނޫނީ ގޮތުން ބާރު ލިބިގެން ނައްތާލާ ގޭންގުތަކަށް ޝަރުތު ކަނޑައަޅައިގެން ގޭންގު ކުށް ނައްތާލުމުގެ ގާނޫނު އިސްލާހު ކުރީމާ ގޭންގެއް ގޭންގު ކުށެއް ނުއޮންނާނެއެވެ. ކޮރަޕްޝަނަކީ ކޮރަޕްޝަނެއް ނޫންކަމަށް ގާނޫނަކުން ފާސްކޮށްގެން އެގޮތަށް ކޮރަޕްޝަން ވެސް ނައްތާލެވޭނެއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ރާއްޖޭގެ އެތަންމިތާ ރާވައިގެން އެތައް ބަޔަކު ބައިވެރިވެގެން ހިންގާ ބޮޑެތި ކުށްކުށުގެ ވާހަކަ މެދުނުކެނޑި ދަނީ އިވެމުން ފެންނަމުން ތަޖުރިބާ ކުރެވެމުންނެވެ. ކުށުގެވެށި މުޅި ރާއްޖޭގައި މޫލާ ފެތުރެމުން ފުޅާވަމުން ދާއިރު މިއަދު ގޭންގާއި ގޭންގުކުށް ނެތިގެން އުޅެނީ މުއިއްޒު އެ ބުނާހެން ބަޔަކު އިސްލާހުވެ ކުށް ކުރުން ހުއްޓާލައިގެނެއް ނޫނެވެ. ކުށްވެރިންގެ ކުށުގެ ރެކޯޑްތައް ފުހެލާ ގޭންގުތަކަކީ ގޭންގުތަކެއް ނޫންކަމަށް ކަނޑައެޅީމައެވެ. މުއިއްޒު ވެރިކަމަށް ހޮވުމުން އެކަމުގެ އުފަލުގައި ޓްވީޓްކުރި ގޭންގު ސްޓަރ ބުނިހެން ހަގީގަތުގައިވެސް އެމީހުން ކާމިޔާބު ކޮށްފިއެވެ.