ބޮޑުތިލަދުންމަތީގެ ތަރައްގީ ޕްލޭނެއް އޮތް: ރައީސް ސޯލިހު
ބޮޑުތިލަދުންމަތި ތަރައްގީ ކުރުމަށް ތަރައްގީގެ ޕްލޭނެއް ރައީސް ސޯލިހުގެ އޮތެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ނިމި ހުޅުވަން ތައްޔާރުވެފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓަކީ އޭގެ އެންމެ ބޮޑު މަސައްކަތެވެ.
ހަނިމާދޫ އެއަރޕޯޓް ހުޅުވޭއިރު އޭގެ ވަށައިގެން ކުރަންޖެހޭ ތަރައްގީގެ އެތައް ކަމެއް ތަރުތީބުން ހިމެނޭ ފުރިހަމަ ޕްލޭނެއް ރައީސް ސޯލިހުގެ ސަރުކާރުގައި އޮތެވެ. އެހެންނަމަވެސް ހަނިމާދޫ އެއާރޕޯޓު ހުޅުވަން ތައްޔާރުވާއިރު އޭގެ ވަށައިގެން ކުރަންޖެހޭ އެއްވެސް ކަމެއް ރައީސް މުއިއްޒު ސަރުކާރުން ކޮށްފައި ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ބޮޑު ތިލަދުންމަތީގެ އިގްތިސޯދީ އިންޖީނު ހިނގައިގަންނަ ގޮތަށް ތަރުތީބުވެގެން ހިނގާނެ ތަރައްގީގެ ޕްލޭނެއްގެ ދަށުން ގިނަ ކަންތައް ތަކެއް ރައީސް ސޯލިހު ބޮޑު ތިލަދުން މަތީގައި ވަނީ ފައްޓަވާފައެވެ. ހުރިހާ ރަށެއްގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމާއެކު ދަތުރުފަތުރުން ރަށްތައް ގުޅާލުމާއި ބޮޑު ތިލަދުން މަތީ ޓޫރިޒަމާއި އިހަވަން ދިއްޕޮޅުގެ ބަންކަރިންގ ހިދުމަތް ހަގީގީ މާނައިގައި ގާއިމުވެގެން ދާނޭގޮތަށް އޮތީ ޕްލޭން ކުރެވި އަމަލީ ގިނަ މަސައްކަތް ފެށިފައެވެ.
އެހެނަސް ކުޅުދުއްފުއްޓާއި ދިއްދުއާއި ހޯރަފުއްޓާ ލާމެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ފުރިހަމަ ވެގެން ދާގޮތަށް އޮތް ބޮޑު ބިޔަ ޕްލޭން ރައީސް މުއިއްޒު ވަނީ ދޫކޮށްލާފައެވެ. އެކަމުގެ ހިތާމަ ބޮޑު ތިލަދުންމަތީގެ ރައްޔިތުން މިހާރު ކުރަމުންދާކަން ވަަށައިގެން އެހުރެދަނީ ފެންނަ މުންނެވެ.
ރަށްރަށުގެ ރައްޔިތުން އިސްނަގައިގެން އެކި ނަންނަމުގައި ކުރީގެ ރައީސުން ރަށްރަށަށް ގެންގޮސް އިއްޒަތާއި ޝަރަފުގެ އިނާމުތަކާ މެޑެލްތައް ދޭދިނުމުން ރައީސް މުއިއްޒާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާވަރު ކިތަންމެ ރަނގަޅަކަށް ވެސް ވަޒަންކޮށްލެވެއެވެ. ބޮޑު ތިލަދުންމަތި އެދިއެދި ތިބީ މުއިއްޒު ނޫން ގޮތަކަށެވެ.