ދާދި އަވަހަށް އިންސާފު ލިބޭނެ: މާރޒް ސަލީމް
ގޯތި ހަވާލުކުރަން ހުރަސް އަޅަނީ ސަރުކާރުގެ ރިޝްވަތުގައި ޖެހިފައި ތިބި މީހުން
އާނއެކެވެ. މާރޒް އަހުމަދު ސަލީމް އެވިދާޅުވަނީ ވަރަށް ބޮޑުތެކެވެ. ދުނިޔެ ދައްކާ ހަގީގަތެވެ. އެކަކަށްވެސް ދެބަސްވެން ނެތް ލިބިގަތުމަށް ރަނގަޅު ފިލާވަޅެކެވެ.
އަނެކާގެ އިންސާފު ގާއިމުކުރުމަށް އެހީތެރިވެ ނުދީފިނަމަ، އެއްދުވަހަކުން ކަލެއަށްވެސް އަނިޔާވެރިކަން ކުރިމަތިވެދާނެއެވެ. އޭރުން ކަލެއަށްޓަކައި ކުރިމަތީގައި ތެދުވާނެ މީހަކު ނުހުންނާނެއެވެ. ތެދުވެރިކަމާއި އިންސާފު އޮންނަނީ އަހަރެމެން އެންމެންގެ ހިތްވަރާއި މަސައްކަތުންނެވެ. އަހަރެމެންގެ ހައްގު ހޯދުމަށް އަހަރެމެން އެކަމަށްޓަކައި ހަނގުރާމަކުރަން ޖެހެއެވެ.
ހަމަތެދެކެވެ. ކޮންމެ ދުވަހަކީވެސް ކޮންމެސް ބަޔަކަށް ނާއިންސާފުން އަނިޔާ ލިބޭ ދުވަހެކެވެ. އަހަރެނަށް ނާޖާއިޒު މަންފާއެއް ލިބޭތީވެ، އަނެކާ އޭނާގެ ހައްގުގައި ވަކާލާތު ކުރުމަށް ހުރަސް އެޅުމަކީ އެންމެ ދަށުދަރަޖައިގެ ފިނޑި އަމަލެކެވެ. އެހެން ވީއިރު ދެން ކަލޭގެ ހައްގު ގެއްލޭ ދުވަހު ކަން ކުރާނީ ކިހިނެތް ހެއްޔެވެ.
މާލޭގެ ރައްޔިތުންނަށް އެއްވެސް ސަރުކާރަކުން ބިންކޮޅެއް ނުދޭތާ 40 އަހަރު ފަހުން މާލޭގެ ރައްޔިތުންނަށް ގޯތިދެއްވީ ރައީސް އިބުރާޙިމް މުހައްމަދު ސާލިހުއެވެ. މާލޭގެ 9000 އާއިލާއަށް އެމްޑީޕީ ސަރުކާރުން ރަޖިސްޓުރީ ހަދާ ދައުލަތުގެ ސިއްކަޖަހާ ގޯތިވަނީ ދިފައެވެ. މާލޭ ރައްޔިތުންނަށް ލިބިދީފާ ހުރި ގޯތިތަކާ ފުލެޓުތައް ރައީސް މުއިއްޒު ސަރުކާރުން ނުދީ އެ ރައްޔިތުން ދަނި ގަނަތަޅުވަމުންނެވެ.
ގޯއްޗާއި ފްލެޓް ދީފައިވާ ރައްޔިތުންނަށް އެތަންތަން ހަވާލުނުކޮށް ގަނަތަޅުވަމުން ދާތީވެ އެ ރައްޔިތުންގެ ތެރެއިން ހިތްވަރު ހުރި ބަޔަކު ނުކުމެ އެމީހުންގެ ފުލެޓްތަކާ ގޯތިތައް ހޯދުމަށް ވަކާލާތު ކުރާތީވެ އެކަމަށް މެދުނުކެނޑި ދަނީ ހުރަސް އަޅަމުންނެވެ. ހުރަސް އަޅަމުން ދަނީ މި ސަރުކާރުން ތާއަބަދު ބަހަމުންދާ ރިޝްވަތުގެ އަވައިގައި ޖެހިފައި ތިބި މީހުންނެވެ.
ގޯތިތަކާ ފުލެޓްތައް ހޯދުމަށް ކަނބަލުން ތަކެއް އިސްވެތުބެ ތިޔަ ކުރައްވަމުން ގެންދަވާ ހިތްވަރަށް އައްސަރިބަހާ ސާބަހެވެ. މަސައްކަތް ހުއްޓަ ނުލައްވާ ކުރިޔަށް ގެންދާށެވެ. ގައުމުގެ ފުލުހުންނާއި ސިފައިންވެސް ތިޔަ ކަނބަލުންނާއި އެކީގާ ތިއްބަވާނެކަން އެއީ ހަމަޔަގީންވާ ކަމެކެެވެ. އެއީ އެބޭފުޅުންގެ އާއިލާތަކަށް ވެސް ފުލެޓާއި ގޯތި ލިބޭނެތީއެވެ. ހިއްވަރު ކުރާށެވެ. ދާދި އަވަހަށް އިންސާފު ލިބޭނެއެވެ. މާރޒް އަހުމަދު ސަލީމްގެ ވިސްނުންފުޅު ސާފުވެފާ ސީދަލެވެ.