އަޒާނު ބުނި އެއްވެސްގޮތެއް މުއިއްޒު ނުހެދި!

އިންޑިއާ އައުޓުކޮށް ޗައިނާ އިން އެއް އަޒާނުމެނަކަށް ނުކުރެވުނު

އަޒާނު ބުނި އެއްވެސްގޮތެއް މުއިއްޒު ނުހެދި!

އާނއެކެވެ. އަޒާނު އެކިޔަނީ ވަރަށް ރަގަޅު އެއްޗެކެވެ. މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫނެވެ. އަޒާނުމެން ބުނި އެއް ގޮތެއް ވެސް މުއިއްޒު ނުހެދިއެވެ. އެހެނޭ ކިޔާ ކަންބޮޑުވެގެން އަޒާނު ކިތަންމެ ޕޯސްޓެއް އެކްސްގައި ކުރިޔަސް ވާނޭކަމެއް ނުއޮންނާނެއެވެ. 

ރާއްޖޭގެ އެތަން މިތާ އުޅުނުހާ އިންޑިއާ ސިފައިންނާ ހެދިގެން މަގު ނުހިނގިގެން އިންޑިއާ ސިފައިން ބޭރުކޮށްދޭން އެވަރަށް އަޒާނުމެން ކީމާވެސް މުއިއްޒު އެކަމެއް ނުކުރިއެވެ. ސެނަހިޔާގައި އަދިވެސް ޔުނީފޯމް އެޅި އިންޑިއާ ސިފައިން އެތިބެނީއެވެ. ބޯޓު ދުއްވަން ކުރިންވެސް ތިބި 77 ސިފައިން ޔުނީފޯމް ބަލައިގެން ވެސް އެހެރަ އުޅެނަގަނީއެވެ. އުތުރު ތިލަފަޅުގައި ހަދަމުން ދަނީ ދިވެހި ބޭހެއް އިންޑިއާ ބޭހެއްކަމެއް ނޭގެއެވެއެ. އެނގޭ ކަމަކީ އޭރު އެހެދީ ރުއްގަލު ބޭހަށް ވިޔަސް މަތިކަރާ ބޭހަށް ވިޔަސް އެ ބޭހެއް މިހާރުވެސް އެތާކު އެބަ ހަދައެވެ. އަޒާނު ބުނި ގޮތަށް އެއިން އެއްވެސް ކަމެއް މުއިއްޒު ނުކުރިއެވެ.

ރާއްޖޭގައި އިންޑިއާއަށް ޖާސޫސް ކޮށްދޭން ގެންގުޅުނު ކަމަށް އަޒާނުމެން ބުނި ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެއްވެސް މުއިއްޒު ފޮނުވައެއް ނުލިއެވެ. ކެމެރާ ހިފައިގެން ލޯންޗްގައި ގޮސް އުތުރުތިލަފަޅުން ހޯދި ރޯހިތާއި ހަނިމާދޫއާއި ކައްދުއާއި އައްޑޫން ހޯދިއެތައް ހާސް އިންޑިއާ ސިފައިން އެރީ ހަވައެއް ކަމެއް ދިޔައީ ފައިތަޅާއަށް ކަމެއްވެސް މުއިއްޒު ބުނެ ދިނީއެއް ނޫނެވެ. އިންޑިއާ އާއި އެކު ރާއްޖޭން ވެފައި އޮތްކަމަށް އަޒާނުމެން ބުނި އެންމެ އެގްރީމެންޓެއްހާ ހިސާބު ވެސް މުއިއްޒު ހާމަ ކޮށެއް ނުދިނެވެ.

އުތުރުތިލަފަޅު އެގްރިމަންޓް ދޮންކަޅުވެސް އަޒާނުމެނަށް އަންގަނުލާ އެހުރީ ފޮރުވައިގެންނެވެ. އިންޑިއާ އައުޓުކޮށް ޗައިނާ އިންކުރަން އަޒާނުމެން ކުރިމަސައްކަތްވީ ނާށިން ފުށް ކަނޑައިގެން ގައިގާ އަޅުވާ ދެމި ދެމުމަކަށެވެ. އިން ތަނުން ތެދުވަން ހުއްދަ ނަގަން ޖެހޭ ވަރަށް ބެކްޔާޑަށް ރާއްޖެ ލައިގެން ބްލީކުރި މޯދީއާއި ޖަޔަޝަންކަރާއި މުނޫ މަހާވަރަށް ވުރެ ބޮޑު މާވަހަރެއް މުއިއްޒަކަށް މިހާރަކު ނެތެވެ. 

އެމްޑީޕީ ވެރިކަމުގައި އާއްޑޫގައި އެޅި ހަންކެޑެ ބުރިޖު ހުޅުވަން ދިޔަ އިންޑިއާގެ ހަރިޖީ ވަޒީރު ޖަޔަޝަންކަރަށް މަރުހަބާ ކިޔަން ފޮނުވަން އައްޑުއަށް އަޒާނު ނޫން މީހަކު މުއިއްޒަށް ވީކަމަކަށް ނުވިއެވެ. އެތަނަށް އަޒާނު ގެންދި ގެންދިޔުމުން ރީތިކޮށް އެއަރުވާލީ ދުފާތައްޓަށް ފައިންނެވެ. އަނެއްކޮޅުން އަޒާނުމެނަށް ގެއްލިގެން އުޅުނު ކަނޑު ހޯދައިދޭން ބުނެބުނެ ވަރުބަލިވީ އިރުވެސް އެ ކަނޑެއް ހޯދާ ދޭކަށް މުއިއްޒެއް ނޫޅެއެވެ. މުއިއްޒު މިހާރު އެ ވާހަކަ ދައްކާވެސް ނުލައެވެ.

ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތު ނުކުރެވޭ ގޮތް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކޭވެސް އެ ދުވަހު އަޒާން ކިއެވެ. ބީއެމްއެލުން އެޅި އެ ފިޔަވަޅަކީ ސަތޭކައިގެ ކަމަކަށްވެ އެކަން ކުރަންޖެހޭކަން ރައްޔިތުންނަށް ވިސްނާދޭން އެ ދުވަހު ފުލުފުގައި އަޒާން ޓުވީޓް ކުރިއެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް އަޑު ނާހާ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތު ހެދޭގޮތަށް މުއިއްޒު ހަދާލީއެވެ. އަޒާނުމެން ގެންނަން އުޅުނީ މާލީ ބަގާވާތަކަށް ހަދާފައެވެ. އަޒާނުމެން ދެއްކި އެއްވެސް ވާހަކައެއް އެކަމުގައިވެސް މުއިއްޒު ނޭހިއެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު އައްޑޫގައި ހުޅުވަން އުޅުނު ކަމަށް ބުނާ އިންޑިއާގެ ކޮންސިއުލޭޓް އޮފީސް އަޒާނުމެން ބުނީމާ އެމްޑީޕީގެ ވެރިކަމުގައި އެކަން ނުކޮށް ހުއްޓާލިއެވެ. އޭރު އަޒާނުމެންގެ ބަސް އަހައިގެން އެމްޑީޕީ ސަރުކާރުން އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ނުހުޅުވިޔަސް މުއިއްޒު އެ އޫޅެނީ އައްޑޫގައި އިންޑިޢާ ކޮންސިއުލޭޓެއް ހުޅުވާށެވެ. ލަހެއްނުވެ އެކަންވެސް ކުރާނެއެވެ. އަޒާނުމެން ޖެހޭނީ ނަކަސް ތަޅަތަޅާ ތިބޭށެވެ. މުއިއްޒު މީހަކު ބުނާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. މުއިއްޒަކީ އެއަށްވުރެ މާ މަވެތި ކަޅުދިގު އުނބަށްޖަހާ ވެރިއެކެވެ.