ޑިމޮކްރެޓްސް އުޅެނީ މުއިއްޒު ލައްވާ މަޖިލިސް އުވާލަން!
މުއިއްޒުގެ ސްޕަރ މަޖިލިސް އުވާލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހެއް ނުކުރާނެ
ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު މުއިއްޒު ސަރުކާރަށް ލިބިއްޖެއްޔާ ގައުމާ ދޭތެރޭގައި މާބޮޑު އުއްމީދެއް ކުރާނެ ކަމެއް ނެތް ކަމަށް ދަ ޑިމޮކްރެޓިކްސް ހަސަން ލަތީފް ބުނީ މި އަހަރުގެ މާޗް މަހުއެވެ. މުއިއްޒުގެ ވެރިކަން ހިންގަމުން އަންނަނީ ވަރަށް ދޯހަޅިކޮށް ކަމަށާއި ސަރުކާރު ތެރޭގައި ހިނގާ ކަންކަން ރައީސް މުއިއްޒުއަށް އެންމެ ރަނގަޅަށް އެނގޭ ކަމަށް ނުބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
މުއިއްޒަކީ އުރަތްޕެއް ހުރި މީހެއްކަމަށް ނުދެކޭކަމަށް ހަސަން ލަތީފު ބުނެފައިވެއެވެ. ބައެއްކަހަލަ ކަންކަމުގައި އުޅެ ތަޖުރިބާ ލިބިފައި ހުންނަންޖެހޭ ކަމަށްވެސް ހަސަނު މުއިއްޒަށް ނިސްބަތްކޮށް ބުނެފައިވެއެވެ. އެވަރުގެ އުރައްޕަތެއް ތަޖުރިބާއެއް ނެތް މުއިއްޒު ފައިބުޑަށް އިއްޔެ ވެއްޓި ސަލާން ޖަހައިގަތުމުން އެނގިގެން މި ދިޔައީ ހަސަން ލަތީފުމެންގެ އުރަތްޕަތެއް ގޮތެއް ފޮތެއް ނެތްކަމެވެ. އުރަތްޕަތް ނެތީ މުއިއްޒުގެ ނޫން ކަމެވެ.
މުއިއްޒަށް ލިބެން ހަސަން ނޭދުނު މަޖިލީސް މެޖޯރިޓީ ހައްދެއް ނެތް ވަރަށް ސަރުކާރަށް އެއޮތީ ލިބިފައެވެ. އެހެން ކަމުން ހަސަނު ބުނެގެން ގައުމާމެދު އުންމީދު މިތިބީ ކަނޑާލައިގެންނެވެ. އެހެން ތިއްބާ ކުއްލިޔަކަށް މުއިއްޒު ފައިތިލައިގާ ދޫލާ މާވަރުގަދަ އެކްސްޕާޓުން ތަކެއް ހަސަނާއެކު ތިބެގެން ގައުމާ ހަވާލުވާން ދިޔައިމާ އަންނަނީ ހިންޏެވެ.
ހަސަނާ މާތް ކަލާކޯއެވެ. ތިޔަ ޖަހަން އުޅެނީ ކޮން ސަކަރާތެއްކަން ނޭނގޭ މީހަކު ނޫޅެއެވެ. ތިޔަ ޖަހަން އުޅޭ ސަކަރާތް ކަލޭމެންނާ ބައިވެރިވެގެން މުއިއްޒު ޖަހާވެސް ފާނެއެވެ. ކަލޭމެން ( ދަ ޑިމޮކްރެޓްސް ) ބޭނުން ވެގެން ތިޔަ އުޅެނީ ކޮންކަމެއްކަން މުއިއްޒަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ގާނޫނު އަސާސީ ބަދަލުކޮށްގެން ގެންނަން ތިޔަ އުޅެނީ ކޮން ބަދަލެއްކަން އެންމެނަށްވެސް އެނގެއެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ހިންގުން ބަދަލުކޮށް މިހާރު އޮތް ޕީއެންސީ ގެ ސްޕަރ މަޖިލިސް އުވާލާ އަލުން މަޖިލިސް އިންތިހާބަކަށް ދިޔުމަކީ ދަ ޑިމޮކްސް ގެ ވިސްނުންކަން މުއިއްޒަކަށް ނޯޅޭނެއެވެ. ބަރުލަމާނީ ނިޒާމުން ވެރިކަން ކުރަން މުއިއްޒުވެސް އެއްބަސް ވެދާނެއެވެ. އެކަމަކު އިހަށްދުވަހު ހޮވި މުއިއްޒުގެ ސްޕަރ މަޖިލިސް އުވާލާ ގޮތަކަށް ގާނޫނު އަސާސީ އިސްލާހެއް ނުކުރާނެއެވެ.
ރައީސް ނަޝީދަށް ގައުމު ހިންގުމުގެ ބާރު ހޯދާދޭން ހީލަތްތެރި ގޮތްގޮތަށް ކިތަންމެ ގޭމެއް ހަސަނުމެން ކުރިންވެސް ޖައްސައިފިއެވެ. ވީކަމެއް ހަރާމުން ހަރާމެވެ. މިފަހަރުވެސް ތިޔަ ޖަހަންއުޅޭ މަޅި ދަ ޑިމޮކްރެޓްސްއަށް ކާމިޔާބެއް ނުވާނެއެވެ.