މޯދީއަށް ގޮންޖަހަން މުއިއްޒު ހިންގި ޑްރޯން ހިޔާނާތް
ހައްދުފަހަނައެޅި ގައުމިއްޔަތު ދެއްކަން 570 މިލިޔަން އިސްރާފުކޮށްލި
ރާއްޖޭގެ ސަލާމަތީ ކަންކަމުގައި ވައިގެ އުޅަނދު ފަހަރުގެ ބޭނުންތެރިކަން ބޮޑުވަނީ މޫސުން ގޯސް ދުވަސްވަރަށެވެ. އޮޑިދޯނި ފަހަރު ގެއްލުމާއި ނުރައްކާތެރި ހާދިސާތައް ގިނައިން ހިނގަނީ މޫސުން ގޯސްވީމައެވެ. ހެލްކޮޕްޓަރާއި ޑްރޯންގެ ބޭނުން އެންމެ ބޮޑަށް ޖެހެނީ މޫސުން ގޯސްވުމުންނެވެ.
ސަލާމަތީ ކަންކަމުގައި ބޭނުންކުރުމަށް ދައުލަތުން ހަރަދުކޮށްގެން ހޯދަންޖެހޭނީ މޫސުން ގޯސްވުމުން ބޭނުން ހިފޭނޭ ޒާތުގެ އުޅަނދުފަހަރެވެ. އާލާތެވެ. ނަމެއްގައި ކަންދެއްކުމަށް ދައުލަތުން ފައިސާ ހޭދަކުރުމަކީ ވެވޭ ހިޔާނާތެކެވެ.
މިދާކަށްދުވަހު ރައީސް މުއިއްޒު ތުރުކީން ބައިރަކްތަރު ޓީބީ2 ޑްރޯން ގަނެ ނަމެއްގައި ވައިގެ ބާރެއް ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ. ބައިރަކްތަރު ޓީބީ2 ޑްރޯންއަކީ މޫސުން ގޯސްވުމުން ބޭނުން ކުރެވޭ ޒާތުގެ ޑްރޯނެއް ނޫނެވެ. ބައިރަކްތަރު ޓީބީ2 މޮޑެލްގެ ޑްރޯނަށްވުރެ މޫސުންގޯސްވުމުން ބޭނުންކުރަން އެކަށީގެންވަނީ ޓީބީގެ އަދާހަމަ މޮޑެލެވެ. ޓީބީ ޑްރޯންގެ އަދާހަމަ މޮޑެލްއަކީ ޓީބީ3އެވެ. މިހާރު އެ މޮޑެލްގެ ޑްރޯން ތުރުކީން ގަންނަން ލިބެން އެބަހުއްޓެވެ.
ރާއްޖެއަށް ބައިރަކްތަރު ޓީބީ2 ޑްރޯން ގަތީ ޓީބީ3 ބާޒާރަށް ނެރެން އުޅެނިކޮށެވެ. ޑްރޯން ގަތުމުގެ މުއާމަލާތަކީ ޓީބީ2 ޑްރޯންގެ ސްޓޮކް ހުސްކުރަން އުޅުމުގެ ތެރެއިން ބޮލުގައި އަޅުވާލުމުން އަވަސް އަރުވާލާފައި ހިންގި ކޮރަޕްޝަންގެ އަމަލެކެވެ. ރާއްޖެއަށް ޓީބީ2 ގެ ޑްރޯން ގަނތްތާ ދެމަސްނުވެ ޓީބީ3ގެ ޑްރޯން އެހުރީ ބަޒާރަށް ނެރެފައެވެ.
ބައިރަކްތަރު ޓީބީ3 މޮޑެލްގެ ޑްރޯނަކުން އިރާނުގައި 2100 އަކަކިލޯ މީޓަރގެ ސަރަހައްދެއް ހަތްގަޑިރަށް އިރަށްވުރެ ގިނަވަގުތު ހޭދަކޮށްގެން އިއްޔެ ވަނީ ހޯދާ ބަލާފައެވެ. ބައިރަކްތަރު ޓީބީ3 މޮޑެލްގެ ޑްރޯނެއް އިރާނުގައި ހަރަކާތްތެރި ވެފައިވަނީ އިންތހާ ދަރަޖައަށް މޫސުން ގޯސްވެފައި ވަނިކޮށެވެ.
ރައީސް މުއިއްޒު ރާއްޖެއަށް ގަނެގެން ގެނެސްފައިވަނީ މޫސުން ގޯސްވުމުން އުރަލައްވާ ފޮރުވާފައި ބާއްވަން ގެނެސްފައިވާ ޑްރޯން ތަކެކެވެ. އެކަމުގައި މުއިއްޒުގެ ހައްދު ފަހަނައެޅި ގައުމިއްޔަތު ދެއްކުމަށް 570 މިލިޔަނަށް ވުރެ ގިނަ ފައިސާ މިވަނީ އިސްރާފުކޮށްލާފައެވެ. އެކަށީގެންވާ ޑްރޯނު ނެރެނެރެ އޮއްވާ ބޭނުމެއް ނުހިފޭ އެއްޗެތި ތަކެއް އެހެން ނޫންނަމަ ނުގަތީހެވެ. ރަނގަޅު ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނަމަ އަވަސް އަރައިގަނެގެން ބަޔަކަށް ސްޓޮކް ހުސްކޮށްދޭކަށް ޑްރޯނެއް ނުގަތީހެވެ. ތުރުކީން ގަނެގެން ގެނައި ދެރާރާ ގުޑިން މޯދީއާއި އިންޑިއާގެ ވައިގެ ބާރަށް ގޮންޖަހާލެވޭނެ ކަމަށް އޭރު ހީވީތާއެވެ.