ފަސްއަހަރުން ސަމަތީބާރުތަކުގެ މަތިފަޑި ކޮށާލުން

ރިޓަޔަރމަންޓް ދައުލަތުގެ ވާގިނައްތާލާ ބައްޔެއް

ފަސްއަހަރުން ސަމަތީބާރުތަކުގެ މަތިފަޑި ކޮށާލުން

ދައުލަތުން ބޮޑުހޭދަ ކޮށްގެން ވަކިވަކި ހާއްސަ ރޮނގު ރޮނގުން މީހުން ބިނާކުރަނީ މާތް މަގުސަދެއްގައެވެ. ދައުލަތުން ތަމްރީނުކުރާ މީހުންނަކީ ގައުމީ ތަރިކައެކެވެ. ތަމްރީނު ކުރެވިފައިވާ ރޮނގުން އެމީހުންގެ ގައުމީ ހިދުމަތް ވީހާވެސް ގިނަ ދުވަހު ގައުމަށް ލިބުމަކީ ދައުލަތުން މީހުން ބިނާ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމެވެ. 

ޑޮކްޓަރުންނާއި ނަރުހުންގެ. ފުލުހުންނާއި ސިފައިންނެވެ. ފަނޑިޔާރުންނާއި އެނޫން ވެސް އެތައް ބައެކެވެ. އުމުރާ ސިއްހަތުގެ ގޮތުން ވާޖިބު އަދާކުރުމުގެ ގާބިލްކަން ހުއްޓާ ރިޓަޔަރ ކުރުމާއި ކުރުވުމުގެ އާދަ ރާއްޖޭގައި ވަނީ އަށަގެންފައެވެ. 

ޑޮކްޓަރުންނާއި ނަރުހުންގެ ވާހަކަ ބާއްވަވާ ހެއްޔެވެ. ފުލުހުންނާއި ސިފައިންނަށް ބަލައިލުމުން ވެސް ފެންނަނީ މުއައްސަސާތަކުގައި މަތީ ފެންވަރުގެ މަގާމުތަކުގައި ދުޅަހެޔޮކަން ނެތެމުން ދާތަނެވެ. އިލްމާ ތަޖުރިބާގެ ގޮތުން މަތިފަޑި ކަމީނާ ވަމުން ދާތަނެވެ. 

ކޮންމެ ފަސް އަހަރަކުން ސަލާމަތީ ޚިދުމަތުގެ މަތިފަޑި ބަދަލުވެގެން ދަނީ ބަދަލުކުރާ ހެދުމުގެ މިސާލުގައެވެ. ފިސާރި ޅަނދޮޅުކޮށް ފުރިހަމަ ސިއްހަތުގައި ތިބޭ އޮފިސަރުން ބަރިބަރިއަށް ރިޓަޔަރ ކުރާތަން ފެނެއެވެ. 

ޝަރަފުވެރި ކަމާއެކު ރިޓަޔަރ ކުރާ ސަލާމަތީ ޚިދުމަތުގެ އޮފިސަރުން ދައުލަތުގެ ކުންފުނިތަކުގެ އިސްބސަފުން ފެނިދާނެއެވެ. ކޮންމެވެސް އެމްބެސެޑަރަކަށް ހަމަޖައްސަފާނެއެވެ. ސަލާމަތީ ހިދުމަތުން ރިޓަޔަރ ކުރާ ބައެއް މީހުން ފިހާރަ ފިހާރައިގެ ވޮޗަރުންގެ ގޮތުގައި ތިއްބާ ފެނެއެވެ. 

ފަނޑިޔާރުންގެ ވާހަކަ ރަނގަޅުވވާނީ ނުދެއްކިއްޔާއެވެ. ފުޅާވެފައިވާ ހައްގުތަކާއެކު މުޅި ދައުލަތުގެ އެފެސެންސީ ދަށްވެ ބޮއްސުން ލައިފިއެވެ. ސިޔާސީ ނުތަނަވަސް ކަމާއި ޖަޒްބާތުގައި އިލްމާއި ތަޖުރިބާ އެއް އޮޑިން ދަތުރު ނުކުރާ ވަރަށް ބީރައްޓެހި ވެއްޖެއެވެ. 

ޖިސްމާނީ ގޮތުން ނުކުޅެދުންތެރި ކަމެއް ކުރިމަތި ނުވާހާ ހިނދަކު ދައުލަތުން ބިނާކުޅަހާ މީހުންގެ ހިދުމަތް ދައުލަތަށް ލިބިލިބި ހުންނަންޖެހެއެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ރާއްޖޭން ފެންނަނީ އޭގެ ދިމާ އިދިކޮޅެވެ.