އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް!

ހަމަލާތަކުގައި 34،049 މީހުން ޝަހީދުވެ،76،901 މީހުން ޒަހަމް ވެފައިވޭ

އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް!

އަނިޔާވެރި އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާ ތަކުގައި ރަފާއަށް ދިން ވައިގެ ހަމަލާތަކުގައި 10 މީހުން ޝަހީދުވެއްޖެއެވެ.

އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ދިން މި ހަމަލާގެ ފަހުން އަލްޖަޒީރާގެ މުވައްޒަފަކު ބުނި ގޮތުގައި އިޒްރޭލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތޫލްކަރަމްގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ވަދެ ފުރާވަރުގެ ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ޝަހީދު ކޮށްލާފައިވެއެވެ. 

އިޒްރޭލުގެ ސިފައިން ވަނީ ރަފާއާ އިންވެގެން އޮތް ސަރަހައްދު ތަކަށް އިތުރު ސިފައިން ފޮނުވައިގެން އިރުމަތީ ސަރަހައްދު ތަކުގައި ހުރި ދަނޑުބިންތައް ހަލާކު ކޮށްފައެވެ.

ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 34،049 މީހުން ޝަހީދުވެ، 76،901 މީހުން ޒަހަމް ވެފައިވެއެވެ.