ޝަހީމް އުޅެނީ ޖީބަށް ޓަކާ

ދީނަށްޓަކައި ކުރިން ނުކުރެވުނު ކަމެއް ދެން ނުކުރެވޭނެ

ޝަހީމް  އުޅެނީ ޖީބަށް ޓަކާ

ނަމުން ފިސާރި މަޝްހޫރު ބޮޑެތި މީހުން އެބައުޅެއެވެ. އެކި ވެރިކަމުގައި ބާރު ހުރި މަގާމް ތަކުގައި އެތައް ދުވަހަކު އެ މީހުން ތިއްބެވެ. ގައުމަށް ހިދުމަތް ކުރަން ފުރުސަތު ތަކުރާރުކޮށް ލިބުނު މީހުން އެ މީހުންގެ ތެރޭގައި ގިނައެވެ. ލިބުނު ފުރުސަތުގައި އެއްކަމެއްނުވެ އެމީހުން ވަނީ ފެއިލް ވެފައެވެ. އޭގެތެޔެއިން އެކަކީ ޑރ.ޝަހީމްޢެވެ.

ޑރ.ޝަހީމް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ކަން ދެފަހަރަށް ކޮށްފިއެވެ. އިސްލާމް ދީން ކުރިއަރުވާ ހޯދާދެވުނު ނަސްރެއް ނެތެވެ. ދީނީ ހައްދު ގާއިމެއް ނުކުރެވުނެވެ. މުޖުތަމައާއި ސަރުކާރުގެ ތެރެއިން ރިބާ ނައްތައެއް ނުލެވުނެވެ.

ދީނަށް ފުރައްސާރަ ކުރުމާ ދީނުގެ ނަމުގައި ހައްދު ފަހަނައެޅުން ދިޔައީ މައްޗަށެވެ. ހަށިވިއްކުމާ މުންކަރާތް ތަކަށް އަރައިގަންނަ މީހުން މަދެއް ނުކުރެވުނެވެ. ތައުލީމީ މަންހަޖުގައި އިސްލާމީ ސަގާފަތު އަށައެއް ނުގެންނެވުނެވެ. އިސްލާމީ ޝަރީއާ ގާއިމެއް ނުކުރެވުނެވެ.

ދީނަށްޓަކައި ޑރ. ޝަހީމަށް މިހާރު ކުރެވޭނި ވަކީން ކޮންކަމެއް ހެއްޔެވެ. ޑރ.މުއިއްޒުގެ ސަރުކާރެއް ގެނެސްގެން ދީނަށްޓަކާ ކުރެވޭނި ވެސް ވަކީން ކޮންް ކަމެއް ހެއްޔެވެ.

ޑރ. ޝަހީމަށް އަނެއްކާ ވެސް ވަޒީރުކަން ހޯދައިގެން ބޮޑު މުސާރައާއި ދިދަޖެހި ކަރާ ހައިބަތު ހޯދިދާނެއެވެ. އިސްލާމް ދީން މި ގައުމުގައި ކުރިއަރުވަން ކުރެވޭނެ އެއްކަމެއް ވެސް ނުއޮންނާނެއެވެ.

ދީނުގެ ނަން ބޭނުން ކޮށްގެން ހީލަތްތެރި ކަމާއެކު ކެންޕޭނު ކޮށްގެން ބާރު ހޯދަން އުޅެނީ ދީނަށްޓަކައެއް ނޫނެވެ. ޖީބަށްޓަކައެވެ.