ކުުޅުދުއްފުއްޓަށް ރަން ޒަމާނެއް ގެންނާނެ 5 އަހަރު

ރައީސް ސާލިހުގެ ސަރުކާރާއެކު ކުޅުދުއްފުށި ކުރިއަށް ގެންދެވޭނެ

ކުުޅުދުއްފުއްޓަށް ރަން ޒަމާނެއް ގެންނާނެ 5 އަހަރު

އަންނަ 5 އަހަރަކީ ކުުޅުދުއްފުއްޓަށް ރަން ޒަމާނެއް ގެންނާނެ 5 އަހަރަށް ވެގެން ދިއުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެކަން ކޮށްދެއްވާނީ ރައީސް ސޯލިހުކަމަށް އާތިފު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސަރުކާރާއެކު ކުޅުދުއްފުށި ކުރިއަށް ގެންދެވޭނެ ކަމަށާއި، އެއާއެކު ކުޅުދުއްފުށީގެ އިގްތިސާދު ފުޅާވެގެން ދާނެކަމަށް މޭޔަރު އާތިފު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ބޯހިޔާވަހިކަމަށް ކުރީގެ އެއްވެސް ސަރުކާރެއްގައި ހައްލު ލިބިފައި ނުވާކަމަށާއި ރައިސް ސާލިހުގެ ސަރުކާރުން އެކަމަށް ހައްލު ގެނެސްފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިސަރުކަރުން ފައްޓަވާފައިވާ ކަމަށާއި އަދި އިތުރު 1000 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހަވާލުކޮށްފައިވާ ކަމަށް މޭޔަރު އާތިފު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ސާލިހު ސަރުކާރުގެ ތަފާތު ފެނިއްޖެކަމަށާއި، ކުޅުދުއްފުށްޓަށް އެންމެ ބޮޑު ތަރައްގީއެއް އައީ ރައީސް ސާލިހުގެ ސަރުކާރުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިިޔާސީ އިންތިޚާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓަށް އެދެން ލަދުގަންނަންޖެހޭނޭކަމަށް މޭޔަރު ވިދާޅުވިއެވެ.