އުފެދުމުގައިވެސް ބާތިލުހުކުން ލިޔާ މަހާލޯޔަރ ލިޔެ މުގުރު ދަށުން ނެރުނު އަމުރު !

އުފެދުމުގައިވެސް ބާތިލުހުކުން ލިޔާ މަހާލޯޔަރ ލިޔެ މުގުރު ދަށުން ނެރުނު އަމުރު !

ލޯބިވެގެން މީހުން ކުރާކަންތައްކުރުމަކީ ޒިނޭކުރުންހެއްޔެވެ. ސެކްސް ކުރީމޭ ބުނުމަކީ ޒިނޭކުރީމޭ ބުނުން ހެއްޔެވެ. ފިޒިކަލްކޮށް ސޯފާގައި ސެކްސްކުރީމޭ ބުނުން އެއީ ޒިނޭކުރީމޭ ބުނުން ހެއްޔެވެ. 

އިސްލާމީ ޝަރީއަތުގައި ޒިނޭއަކީ ވަރަށް އުދަގުލުން ނޫނީ ސާބިތުނުކުރެވޭ ހައްދު ގާއިމުކުރެވޭ ކުށެކެވެ. ކަނޑައެޅިގެން ސާފު އިބާރާތުން މީހެއްގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތު ނާޅުވަނީސް ގަޒުފޭކިޔައިގެން ފޯކަސް ބަދަލު ކުރެވިދާނެ ކަމަށް ހީވަނީ ހެއްޔެވެ. 

މީޑިއާއަކުން އާއްމުކުރާ އާއްމުކުރުމެއްގައި މީހަކު ބަދުއަހުލާގީ އަމަލުތަކެއް ހިންގައިފިކަމަށް ތުހުމަތުކުރުމަކީ ގަޒުފްކުރުން ކަމަށް ވާގޮތެއް ނޭނގެއެވެ. އާރާބާރު އޮތުމުން ހެއްދެވިހާ ވިޔާނުދާ ކަމަކާއި ފާހިޝް އަމަލެއް ހިންގުމަށް ފަހު އެ ވާހަކަ  އޮއްބާލާ ކަމުން ރެކެން އުޅުނަސް އެކަމެއް ނުވާނެއެވެ. 

އަގައިގާ މަލަން އަޅައިގެން ދޫބުރިކުރުވައިގެން އޮއްބާލަން އުޅުނަސް އަތްއަޅާ ފޮރުވޭނީ އަތްތިލައިގެ ބޮޑުމިނެވެ. ފުލުފުލުގައި އަމުރެއް ނެރުވައިގެން އެ ވާހަކަ ދައްކާ މީހުން ހައްޔަރުކޮށްގެން ކަންކަން އޮއްބައެއް ނުލެވޭނެއެވެ. 

މަހާރާނީގެ ވަކީލު ހައްދާފައި ބަންޑާރަ  ބަނޑުހަނޑުލުން މުސާރަދޭ ހަށިފާރަވެރިން ލައިގެން އުޅޭނީ ކަމެއް ވެގެންތާއެވެ. އުފެދުމުގައިވެސް ބާތިލު ހުކުން ލިޔަން މަޝްހޫރު ބަންޑާރަ މާ ރޮނޑު ލައްވާ ލިޔުއްވައިގެން ފަނޑިޔާރާގެ މުގުރު ދަށުން ނެރޭ އަމުރަކުން ސިހޭވަރުގެ މުގުރާމެއް ވެސް ނޫޅެއެވެ.