ހުލުމާލެ މެދު ދާއިރާ ކައުންސިލް ގޮނޑި ނެގީ ވަގަށް؟

ހުލުމާލެ މެދު ދާއިރާ ކައުންސިލް ގޮނޑި ނެގީ ވަގަށް؟

ގޮނޑި ވަގަށް ނެގުމުގެ ތާރީހެއް ޕީއެންސީ އާއި ގުޅިފައި އޮންނަ ކަމަށް ބުނެވެއެވެ. ހުނިގޮނޑި ވަގަށް ނެގުމުން ފެށިގެން އިންތިހާބީ ގޮނޑި ވަގަށް ނެގުމުގެ އާދައެއް އޮންނަކަމަށް ބުނާ ޕީއެންސީ ފިކުރުގެ މީހުންނަށް އެއްޔަކީ އައުކަމެއްވެސް ނޫނެވެ. 

ޕީޕީއެމްގެ ޒަމާނުގައި 2013ގެ ރިޔާސީ އިންތިހާބު ވަގަށްނެގީ ކޯޓު މެދުވެރިކޮށް ކަމަށް އެދުވަސްވަރު އެއްވާނަކަށް ރަށުތެރޭގައި ކިޔާއުޅުނެވެ. ދެންއައީ 2018 ގެ ރިޔާސީ އިންތިހާބެވެ. ފާހަގަ ވެއްޓޭކަމަށް ހަދައިގެން އެފަހަރުވެސް ކޯޓަށް ގޮސްގެން ކޯޓުން ތަހުތު ފޭރިގަންނަން އުޅުނެވެ. 2023 ގައި ޕީއެންސީން ފޭރިގަތީ ޔާމީނުގެ ހުސްގޮނޑިއެވެ. އެންމެ ފަހުން އައްޑޫ ހިތަދޫ މެންބަރ ސިނާނުގެ ގޮޑިވެސް ނަގާ އެދިނީ ކޯޓު މެދުވެރިކޮށެވެ.

މިފަހަރު ދިމާވެގެން މި އުޅެނީ މީހުންކިޔާ ރަތްލާޖެހި އެޗްޑީސީ ވަގަކަށް މާލެ ސިޓީ ކައުންސިލުން ގޮނޑިއެއް ވަގަށް ނަގާދީގެން އުޅޭކަމަށް ބުނެވޭ މައްސަލައެކެވެ. ޕީއެންސީ ޓިކެޓްގައި ވާދަކުރި ސަނީހަށް ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ވަގަށް ނަގާދީގެން އުޅޭކަމަށް ބުނާ މައްސަލައެކެވެ. 

ކަން ހިނގާފައިވަނީ ކިހިނެތް: 

  • ހުޅުމާލޭގައި ހުން ސީއެޗްއެސއީގައި ބަހައްޓާފައިވާ ހުޅުމާލޭ ދާއިރާގެ ފޮށިތަކުން ޕީއެންސީ ކެންޑިޑޭޓް ތަފާތުކުޑަކޮށް ބަލިވުމުން ދުއްވައިގަތީ ރަށްރަށަށް ވޯޓުލެވޭ ހުޅުމާލެ ދާއިރާގެ މީހުން ވޯޓުލީ ފޮށިތަކާ ދިމާލަށެވެ. ވެރިކަމުގެ ނުފޫޒު ފޮރުވާލައިގެން މޮޅުވެވިދާނެ ކަމުގެ އުންމީދު އޮތްލެއްް ބޮޑުކަމުންނެވެ. 
  • ނުފޫޒު ފޯރުވައިގެން ބައެއް ރަށުގެ ނަތީޖާ ޝީޓަށް ބަދަލު ގެނެސްފައިވާކަން ސާބިތުވާން އެބަހުއްޓެވެ. އެގޮތުން ގަލަމުން ކަނޑާ ނަތީޖާ ޝީޓަށް ބަދަލުގެނެސްފައިވެއެވެ.
  • ހުޅުމާލޭ މެދު ދާއިރާއަށް ނިސްބަތްވާ ބަޔަކު ވޯޓުލީ ޅ. ނައިފަރު T138ގެ G2.2 ފޮށީގައި ވޯޓްލީ އަދަދަށް ވުރެ ފޮށީގައި ވޯޓިން ސްލިޕް ތައް ގިނައެވެ.
  • ނައިފަރު ފޮށީގައި މައްސަލަތައް ހުރުމާއި އެކު ވޯޓް ފޮށީގެ ވެރިޔާ އިލެކްޝަންސްގެ ކަމަބެހޭ ފަރާތައް އެންގުމުން އެ ފޮށި އެންމެ ފަހުން ގުނަން ބެހެއްޓުމަށް އެންގުމަށް ފަހު 5 އޭޕްރީލް ގެ ހަވީރު 5 ޖެހިއިރު ފޮށި އަނބުރާ ހުރިގޮތައް ބަންދުކުރުމަށް ފަހު މާލެ ފޮނުވުމަށް އެންގިއެވެ. މައްސަލަ ހައްލުކޮށް ގުނާ ނަތީޖާ ނެރޭނީ މާލެ ކޮޅުންކަމަށް އެ ފޮށީގެ އޮފިޝަލުންނާއި ވެރިޔާއަށް އަންގިއެވެ.
  • ވޯޓްލި އަދަދަށް ވުރެ ފޮށީގައި ވޯޓިން ސްލިޕް ގިނަވުމުން އެ ފޮށީގެ ނަތީޖާއަކީ ގަބޫލު ކުރެވޭ ނަތީޖާއެއް ނޫނެވެ. އެ ފޮށްޓައް އަޅާފައިވާ ވޯޓްތަކަކީ ސައްހަ ވޯޓް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ފޮއްޓަށް ވަގު ވޯޓު އަޅާފައިވާކަން އެނގޭ ހެކިންވެސް އެބަތިއްބެވެ.
  • ޅ. ނައިފަރު T138 G2.2 ގައި އިތުރަށް ފާހަގަކުރެވިފައިވާ މައްސަލަތަކުގެތެރެއިން ހުޅުމާލެ މެދު ދާއިރާއަށް ވޯޓްލީ ފޮށި 5 އޭޕްރީލް ވީ ދުވަހު ހެދުނުވެސް އެ ފޮށީގެ ވޯޓްކަރުދާސްތައް ޕެކްކޮށް އުރައަށް ލާފައެއް ނުވެއެވެ.
  • ޅ. ނައިފަރުގައި ލީވޯޓުގެ އެހެން ހުރިހާ ނަތީޖާ ޝީޓެއް ނެރެފައިވަނި ވީނަމަވެސް އޭޕްރިލް 6 ވަނަ ދުވަހު މެންދުރު ވީ އިރުވެސް ހުޅުމާލޭ މެދު ދާއިރާގެ ނައިފަރު ވަގުތީ ނަތީޖާ ޝީޓް ނުނެރެވެއެވެ.
  • ބަޔާންވެ ދިޔަ ކަންކަމަށް ސަބަބުވެރި ވިސްނުމަކުން ވިސްނާލުމުން ވޯޓް ކަރުދާސްތައް ވަނީ ހިތުހުރިގޮތަކަށް ބަދަލުކޮށް ޅ. ނައިފަރު ފޮށިން ކޮންމެވެސް ނަތީޖާއެއް ނެރެފައި ކަމަށް ގަބޫލުކުރެވެއެވެ. 

ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލް ގޮނޑި ޕީއެންސީން ވަގަށް ނަގާފައިވާ ކަމަށް ގަބޫލުކުރެވޭ އެހެން ބައެއް ކަންކަންވެސް ފާހަގަ ކޮށްލާނަމެވެ. 

  • T16.1 ފުރަތަމަ ގުނިއިރު އައި އަދަދާއި ނަތީޖާ އާއި ދިމާވުން. ތަކުރާރުކޮށް އެދުމުން ވެސް ގުނައި ނުދިނުން
  • T16.2 ބާތިލް ވޯޓެއްގެ ގޮތުގައި ނިންމި ވޯޓެއް ކެންޑިޑޭޓްގެ މަންދޫބު ވެސް އެވޯޓު ބާތިލުކަމަށް ގަބޫލުކޮށް ނިންމާފައި އޮއްވާ އެ ވޯޓަކީ ސައްހަ ވޯޓެއް ގޮތުގައި ގުނުން
  • T16.5 މަންދޫބުން ނެއްލާ އަލުން ގުނުމާއި އެ ގުނުން ގުނާފައި ނެރުނު ނަތީޖާގައި 20 ވޯޓް މަދުވުން
  • T16.8 ބާތިލް ވޯޓެއް ގޮތުގައި ނިންމި ވޯޓެއް ކެންޑިޑޭޓްގެ މަންދޫބު ވެސް އެވޯޓު ބާތިލުކަމަށް ގަބޫލުކޮށް ނިންމާފައި އޮއްވާ އެ ވޯޓަކީ ސައްހަ ވޯޓެއް ގޮތުގައި ގުނުން

ހުޅުވާލެވިފައިވާ ޑިމޮކްރެޓީކް އިންތިހާބެއްގައި މީހަކަށް ގޮނޑިއެއް ވަގަށް ނަގާދެވޭނީ މިހާކަށް ވަރަށެވެ. ހިޅުމާލޭ މެދު ދާއިރާގެ ކައުންސިލް ގޮނޑި ވަގަށް ނަގާފައިވާކަން ސާބިތުވާވަރުގެ ހެއްކާ ގަރީނާ ހީރަސްއަށް ލިބިފައިވެއެވެ.