ސްކޫލެއްގައި ބަޑިޖަހައި އެކަކު ޒަޚަމްކޮށްލައިފި

ސްކޫލެއްގައި ބަޑިޖަހައި އެކަކު ޒަޚަމްކޮށްލައިފި

ތައިލެންޑުގެ ދެކުނު ސަރަހައްދުގެ ސްކޫލެއްގައި ބުދަ ދުވަހު ބަޑިޖަހައި، ބައެއް ދަރިވަރުންނާއި މުދައްރިސުން ރަހީނުކުރި ހާދިސާއެއްގައި އެކަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ސޮންގްކްލާ ޕްރޮވިންސްގެ ހާޓް ޔާއީ ޑިސްޓްރިކްޓްގައި ހުންނަ މި ސްކޫލުގައި މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 4:45 ހާއިރު، ކިޔެވުން ނިމި ދަރިވަރުން ގެއަށްދާން ތައްޔާރުވަމުންދަނިކޮށް، ހަމަލާދިން މީހާ ސްކޫލުގެ ތެރެއަށް ވަދެގަތުމާ ގުޅިގެންނެވެ.

ފުލުހުންނާއި، ހާއްސަ އޮޕަރޭޝަންތަކާ ބެހޭ ޔުނިޓުތަކުގެ އިތުރުން ރެސްކިއު ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށް، ހާލަތު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކަމާބެހޭ އިދާރާތަކުން އެ ސަރަހައްދުގައި ތިބި މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އިސް އޮފިޝަލުން ދަނީ ބަޑިޖެހި މީހާއާ ވާހަކަދައްކައިގެން (ނެގޯޝިއޭޓްކޮށްގެން) މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.