ދަތުރުފަތުރުގެ ތަސައްވުރު ހަގީގަތަކަށްހެދި އާރުކާޓީއަކީ އާދަމް އާޒިމް
ދަތުރު ފަތުރުން ގުޅާލުމަކީ އެމްޑީޕީގެ ތަސައްވަރެކެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހިންގަން ފެށި ދަތުރު ފަތުރުެ ނިޒާމް ވެއްޓުނު ވެރިކަމަކާއެކު ފްލޮޕްވެގެން ދިޔައީއެވެ. އޭރު ދަތުރުފަތުރުގެ ނިޒާމް ހިންގަން އުޅުނުގޮތުން އެކަންވެގެން ދިޔައީ ކޮރަޕްޝަނާއި ނާޖާއިޒު މަންފާ ބަޔަކު ނަގަން ލިބުނު ފުރުސަތަކަށެވެ.
އެމްޑީޕީގެ ދަތުރުފަތުރުގެ ނިޒާމުގެ ތަސައްވަރު ހަގީގަތަކަށް ހަދައިދިނީ އެމްޑީޕީގެ ދެވަނަ ވެރިކަމުގައެވެ. އާރުޓީއެލްގެ ނަމުގައި ވަށާޖެހޭ ދަތުރު ފަތުރުގެ ނިޒާމެއް ފަރުމާކޮށް ހިންގާލީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ވަޔާއި ކަނޑާއި އެއްގަމުގެ ދަތުރު ފަތުރުގެ ވިއުގައެއްގެ ތެރެއިން މުޅި ރާއްޖެ ގުލާލުމުގެ އަމަލީ މަސައްކަތް ފަށާ ހިންގައި ގަތުމަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއަށް ކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބެވެ.

ދަތުރު ފަތުރުން ގުޅާލުމުގެ އެމްޑީޕީގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ އާރުކާޓީއަކީ އާދަމް އާޒިމެވެ. އާދަމް އާޒިމުގެ މުރާލިކަމާއި ކަމަށް ކަމޭހިތުމާއި އަމާޒަށް ވާސިލުވުމުގެ ކެރުންތެރި ކަމަކީ އާރުޓީއެލް ކާމިޔާބު ވުމުގެ ސިއްރެވެ.
ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތް ޝެޑިއުލްކުރެވިގެން ފަސޭހަ ކަމާއެކު ލިބިދިނެވެ. ހައިސްޕީޑް ފެރީގެ ހިދުމަތް ހެޔޮ އަގުގައި ފަސޭހަކަމާއެކު ރައްޔިތުންނަށް ދޭންފެށިއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އެތައް ރަށެއް ހައިސްޕީޑް ފެރީން ވަނީ ގުޅާލެވިފައެވެ. ސްކޫލް ކުދިންނާއި އިސްރަށްވެހިންނަށް އާރޓީއެލުން ހިދުމަތް ދެނީ ހިލެއެވެ. ބޮޑު އަގުގައި އެއްރަށުން އަނެއް ރަށަށް ރައްޔިތުމީހާ ކުރި ދަތުރުގެ އަގު އެތައް ސަތޭކަ ގުނައަކުން ކުޑަވެ ހައިސްޕީޑްގައި ހަލުވިކޮށް އަރާމުކޮށް ކުރެވޭނެ ގޮތް ހަަދާދިނެވެ.

ވައިގެ މަގުން ގުޅުވާލުމަށް ބޭނުންވާ އެއަރޕޯޓްތައް އެޅުމުގެ މަސައްކަތްވެސް ބާރު ސްޕީޑް ކުރިއެވެ. ބައެއް އެއަރޕޯޓެއް ނިންމާ އަނެއްބައި އެއަރޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔައެވެ. އެއަރޕޯޓް އަޅަން ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް ދިޔައެވެ.

އެމްޑީޕީގެ ދަތުރުފަތުރުން ރާއްޖެ ގުޅާލުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އާދަމް އާޒިމަކީ ނަންބަރ ވަންއެވެ. އާދަމް އާޒިމްގެ މޭސްތިރިކަމުގެ ދަށުގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް ދަތުރުފަތުރުން މުޅިރާއްޖެ ގުޅާލެވޭނެ ކަމާއި ރައްޔިތުން ރަށު ބަންދުން ވީއްލޭނެގޮތް އަމަލީ ގޮތުން އެވަނީ ސާބިތުކޮށް ދައްކަދީފައެވެ. ނަތީޖާ ނެރެ އަމާޒަށް ވާސިލުވާން ބޭނުންވާ އެކަކުވެސް މާލެސިޓީ މޭޔަރަކަށް އާދަމް އާޒިމު ނޫން މީހަކު ހިޔާރެއް ނުކުރާނެއެވެ.




