ކުއްޔާއި ޓެކްސް ނުނަގާގޮތަށް ޓޫރިޒަމަށް ރަށެއް ދީފައިއޮތީތަ!

ބޯޅަޔާކުޅެން ހަދައިގެން މުއްސަނދި ނުވެވުމުން ޒަރިޔަންދަށް ނުބައިވީ މަހުޖަނުން!

ކުއްޔާއި ޓެކްސް ނުނަގާގޮތަށް ޓޫރިޒަމަށް ރަށެއް ދީފައިއޮތީތަ!

ޒަރިންޔަންދެވެ. ތިބާއަށް މާ ބޮޑަށް އެނގެނީއެވެ. ބޯޅަޔާކުޅެން އުޅެން ހަދައިގެން ދިރިއުޅެން އެހެން މަސައްކަތެއް ނުކޮށް އުޅުނީތީ މުއްސަދި ނުވެވި ހުރުމުން ރާއްޖޭގައި މަސައްކަތުން މުއްސަނދިވީ އާއިލާތަކާއި މީހުންނާ ޒާތީ ވެގެން އަނގަދިޔާ ކުރަން ނުހަދާށެވެ. ފުރުސަތު ހޯދައިގެން ޓޫރިޒަމް ވިޔަފާރީގެ ތެރޭގައި އުޅޭ ތިބާގެ ރައްޓެހިންގެ ތަނަވަސް ކަމަށް ހަސަދަވެރިވާން ނޫޅޭށެވެ. ކަންކަމުގައި ފަޅިއެއް ނަގައިފިއްޔާ ޒަރިޔަންދު ޒާތީވާކަށް ނޭނގޭ މީހަކު މިއުޑު ދަށުގައި ނެތެވެ.

ބުނެބަލާށެވެ. ރާއްޖެއަށް ލިބޭހާ ޑޮލަރެއްގެ ތެރެއިން އެންމެ ގިނަ ޑޮލަރު ލިބެނީ ޓޫރިޒަމުން ނޫން ކޮންކަމަކުން ހެއްޔެވެ. ޓޫރިޒަމަށް ރިސޯޓު ހަދައިގެން އުޅޭ ރަށްރަށަށް އިކުއިޒިޝަން ފީގެ ގޮތުގަޔާއި ކުލީގެ ގޮތުގައި ސަރުކާރަށް ފައިސާ ނުދައްކާގޮތަށް ރަށެއް އެއްވެސް ބަޔަކަށް ހިލޭދީފައި އޮތީހެއްޔެވެ. އެކި ނަންނަމުގައި ޓެކްސްއާއި ހިދުމަތުގެ ފީގެ ގޮތުގައި ފައިސާ ނުދައްކާ ގޮތަށް އެންމެ ރަށެއްވެސް ޓޫރިޒަމަށް ދީފާ އޮތީ ހެއްޔެވެ. 

ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި ބޮޑުއަގުގައި ކުއްޔަށް ހިފައިގެން ބޭރުގެ ބޭންކްތަކާއި ރާއްޖޭގެ ބޭންކްތަކުން ލޯނުނަގައިގެން ބަޔަކު ރިސޯޓު ހިންގައިގެން ލިބޭ ފައިސާއަށް ހަދަންވާގޮތް އަންގަން ސަރުކާރަށް އޮތީ ކޮން ހައްގެއް ހެއްޔެވެ. ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ހަދަންޖެހޭ ގޮތް ސަރުކާރަށް އެނގޭ ކަމަށްވަންޏާ ޒަރިޔަންދު މަސައްކަތްކޮށްގެން ހޯދާ ފައިސާގެތެރެއިން ދައްކަންޖެހޭ ޓެކްސްތަކާއި ބިލްތަކަށް ފައިސާ ދެއްކުމަށްފަހު ހުންނަ ފައިސާއަށް ހަދަންޖެހޭ ގޮތްވެސް އެގެންވާނީ ސަރުކާރަށެވެ. އެހެން ވިއްޔާ ޒަރިޔަންދުގެ އަމިއްލަ ފައިސާ ބަހައްޓާނެ ތަނަކާއި ލާރި މާރުކުރާނެ ފިހާރައެއްވެސް އެގެންވާނީ ސަރުކާރަށްތާއެވެ. 

މާތްކަލާކޯއެވެ. ސަރުކާރަށް އެންމެ ގިނަ ބޭރު ފައިސާ މިހާރުވެސް ވައްދާދެނީ ޓޫރިޒަމުންނެވެ. ވެރިންނަށް ރާއްޖޭގެ ފިސްކަލް ޕޮލިސީ މެނޭޖުކުރަން ނޭގިގެން ސަރުކާރުގެ ޖަމާގައި ޑޮލަރު ނެތުމަކީ ރިސޯޓް އޯނަރުންނާ ކޮންބެޙެކަމެއް އޮތް ކަމެއް ހެއްޔެވެ. ސަރުކާރުގެ ކުންފުނިތަކަށް ހިނގާ އުސޫލެއް އަމިއްލަ ވިޔަފާރިތަކަކަށް ނުހިންގޭނެއެވެ. ރިސީޓްތައް ހިންގަނީ ސަރުކާރުން ކަޑައަޅާ ކުއްޔެއް ދައްކައިގެންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓެއްހެން އެއީ އަމިއްލަ ފަރާތްތަކެއްގެ ވިޔަފާރިއެވެ. ޔުނިވާރސަލާއި ޗަންޕާ ބްރަދަރސްއާއި އެނޫންވެސް ދިވެހި ބައެއް ވިޔަފާރި ވެރިން ނޫނަސް އެތައް ބަޔަކު ޓޫރިޒަމް ސިނާއަތުގައި އެބައުޅެއެވެ. އޭގެތެރޭގައި ދުނިޔޭގެ ބޮޑެތި ހޮޓަލް ޗޭނުތަކުގެ ވިޔާފާރި އެބަހުއްޓެވެ. އެހުރިހާ އެންމެން ދުނިޔޭގެ ބޭންކުތަކާއި ރާއްޖޭގެ ބެންކުތަކުން ބޮޑެތި ލޯނުނަގައިގެން ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅެނީ ލިއްލާހިއަށްޓަކައެއް ނޫނެވެ.

ދައްކަންޖެހޭ ކުއްޔާއި ޓެކްހާއި ލޯނުގެ އިތުރަށް މުއައްޒަފުންގެ މުސާރައާއި ވިޔަފާރި ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދެއް ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓުހައުސް ތަކުން ކުރަން އޮންނަ އެއްޗަކީ އަންނަ ޓޫރިސްޓުންގެ އަތުން ލިބޭފައިސާއެވެ. އެކަންކަން ކުރަނީ ސަރުކާރުންދޭ ފައިސާއަކުން ނޫނެވެ. އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލޭ ޒާތަށް ފެންނުހިފޭ ކަންކަން ސަރުކާރުން ކުރުމުން ޖަޒްބާތުގައި އަނގަދިޔާކުރިޔަސް ކަމަކު ނުދާނެއެވެ. މުޅި ރާއްޖޭގައި އެއަރޕޯޓްތައް އަޅާ އިތުރު އިންވެސްޓަރުން ހޯދަން މަސައްކަތްކުރާ ބަޔަކުނަމަ އިންވެސްޓަރުންގެ އިތުބާރު ގެއްލޭޒާތު ކަންކަމެއް ކުއްލިކުއްލިއަށް ނުކުރާނެއެވެ.