އޭދަފުށީގެ 50 އިންސައްތަ އެއްވެސް ކެންޑިޑޭޓަކަށް ނުލިބޭ
އޭދަފުށީގައި ތާއީދު އެންމެ ބޮޑީ ރައީސް ސޯލިހަށް
އޭދަފުށީގެ 50 އިންސައްތަ އެއްވެސް ކެންޑިޑޭޓަކަށް ނުލިބެއެވެ. އެކަމަކު އޭދަފުށީގައި ތާއީދު އެންމެ ބޮޑީ ރައީސް ސޯލިހަށެވެ. އޭދަފުށީގެ ވޯޓުދޭ އުމުރުގެ 1200 މީހުން ބައިވެރިކުރި ސާރވޭއަކުން އޭދަފުށީގެ ގިނަ މީހުން ތިބީ ރައީސް ސޯލިހަށް ތާއީދު ކުރުމުގައިކަން ކަށަވަރު ވެއެވެ.
ސާވޭގައި ބައިވެރިވި މީހުންގެ 42 ޕަސެންޓް މީހުން ތާއީދު ކުރަނީ ރައީސް ސޯލިހަށް ކަމަށް މި ސާވޭން ދައްކައެވެ. ޕީއެންސީ ކެންޑިޑޭޓް ޑޮކްޓަރ މުއިއްޒަށް އޭދަފުށީގައި ތާއީދު އޮތް ކަމަށް ދައްކަނީ 38 ޕަސެންޓެވެ.
އޭދަފުށިގައި ދެން އެންމެ ގިނައީ ފާރިސް މައުމޫނުގެ ސަޕޯޓަރުންނެވެ. ފާރިސް މައުމޫނަށް 5 ޕަސެންޓް މީހުން ތާއީދު ކުރާއިރު ގާސިމް އިބްރާހިމަށް ތާއީދު ކުރަނީ 4.5 ޕަސެންޓް މީހުންނެވެ. އިލްޔާސް ލަބީބަށް ތާއީދު ކުރާކަމަށް ދައްކަނީ 3 ޕަސެންޓް މީހުންނެވެ.
ހަމަ އެޔާއެކު 2.5 ޕަސެންޓް މީހުން އުމަރު ނަސީރަށް ތާއީދު ކުރެއެވެ. ކާނަލް ނާޒިމަށް ތާއީދު ކުރަނީ އެ ރަށުގެ 2 ޕަސެންޓް މީހުންނެވެ. ޒަމީލަށް ތާއީދު ކުރާކަމަށް ދައްކަނީ އެންމެ 0.3 ޕަސެންޓް މީހުންނެވެ. އޭދަފުށިން ސާވޭ ކުރި 2.7 ޕަސެންޓް މީހުން ވަކި ގޮތެއް ނުނިންމައެވެ.
އޭދަފުއްޓަކީ އާބާދީގައި 3000އަށް ވުރެ ގިނަމީހުން ދިރިއުޅޭ ރަށެކެވެ. އޭދަފުއްޓަކީ ޕީޕީއެމް ހަބެއްގެ ގޮތުގައި މީގެކުރިން ފާހަގަ ކުރެވެމުން އައި ރަށެކެވެ. އެންމެ ފަހުން އޮތް ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމަށް ކުރި ހޯދުނީ ވަރަށް ތަފާތު ކުޑަކޮށެވެ. އޭގެފަހުން އެރަށުގައި އެމްޑީޕީ ދަނީ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުންނެވެ.
ވަކި ފަރާތަކަށް ބުރަނުވެ މިނިވަން ކަމާއެކު ކުރެވުނު މިސާވޭއަކީ އޭދަފުށީގައި ތަފާތު ފިކުރުގެ މީހުންނާ ވާހަކަ ދެކެވުނު ރެންޑަމް ސާވޭއެކެވެ. މި ސާވޭ އަކީ ވަކި މީހަކަށް ތާއީދު އޮތް ވަރު ބަލަނީކަން ނޭނގި މީސް މީހުނާ ވާހަކަ ދެކެވިގެން ކުރެވުނު ސާވޭއެކެވެ. މި ސާވޭ ކުރުމުގައި 35 މީހުން ބައިވެރިވެފައިވެއެވެ.