ވަކި ފަރުދަކަށްވުރެ އެމްޑީޕީ މާބޮޑު: ފައްޔާޒު

ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާ އެމްޑީޕީ ކަޑައްތުކޮށްފި

ވަކި ފަރުދަކަށްވުރެ އެމްޑީޕީ މާބޮޑު: ފައްޔާޒު

އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ މާބޮޑެވެ. އަދި މި ގައުމު ވެސް ވަކިފަރުދަކަށް ވުރެ މާ ބޮޑެވެ. އެމްޑީޕީގައި އެ ފަލްސަފާ އަށަގަތުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި މޭރުމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލު ވާހަކަފުޅު ދެއްކެވީ އެމްޑީޕީއަށް 18 އަހަރު ފުރުން ފާހަގަ ކުރެވޭ ކުރުމާ ގުޅިގެންނެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވުމުން ކުރަން ޖެހުނު ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް ހުޅުވާލެވުނު ދޮރެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެކިވަޑައި ގަންނަވައެވެ. އެމްޑީޕީން ބަޔަކު ވަކިވެގެން ދިއުމުން އެހިތާމަ ހިތުގެ އެއް ފަޅީގައި ބަނދެގެން އެމްޑީޕީން ހިތާމަ ބަރުދާސްތު ކުރަމުންދާ ކަމަށްވެސް ފައްޔަ ވިދާޅުވެއެވެ. 

އެތެރޭގެ ގޮންޖެހުން ތަކުން ކުރިމަތިވިި ތަކުލީފު ތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާކަމަށް ވިޔަސް ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެ ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސިޔާސީ ހަލަބޮލިކަމާއި ދެބަސްވުމާއި ޒުވާބަކީ މުޅި އުމުރު އުފުލޭނެ ބުރައެއް ނޫން ކަމަށާއި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގެ އިހުސާސް މުޅި ރާއްޖޭގައި މިއަދު އެބަ ހިނގާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެތައް އަހަރަކުން ނުވެ ދިގުލި ކިތަންމެ ތަކުލީފެއްގެ ހައްލު 2018 ގައި އެމްޑީޕީން އުފެއްދި ވެރިކަމުން ރައްޔިތުންނަށް ލިބެން ފަށައިފިކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.