ގަޕޯގެ ކުރު ލީޑަރޝިޕްގެ ބޮޑު ކާމިޔާބީ

އާދަޔާ ހިލާފު ބޮޑެތި ކާމިޔާބީ ގަފޯ ކެރު މުއްދަތެއްގައި އެމްޑިޕީއަށް ހޯދާދިން

ގަޕޯގެ ކުރު ލީޑަރޝިޕްގެ ބޮޑު ކާމިޔާބީ

ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އޮނަރަބަލް އަބްދުލްގަފޫރު މޫސާ އެމްޑީޕީގެ ވަގުތީ ޗެއަރ ޕަރސަންގެ ގޮތުގައި ކޮށްދެއްވި އަގުހުރި ހިދުމަތަށް އެމްޑީޕީގެ ރައީސް ޝުކުރު އަދާ ކުރައްވައިފިއެވެ.

ވޭތުވެދިޔަ 6 މަސްދުވަހު އެމްޑީޕީ އަށް ކޮށްދެއްވި ހަރުދަނާ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވީ ދިމާވި ހައްސާސް ދަނޑިވަޅެއްގައި ޕާޓީގެ ކަންކަމާއި ހަވާލުވެވަޑައިގެން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީގައި ގަފޫރުވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައި ކަމަށެވެ.

ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުންވެސް ގަފޫރުގެ ހިދުމަތް އަދިވެސް ޕާޓީއަށް ލިބެމުންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ. 

އެމްޑިޕީއަށް 2023 ގެއްލުނު ފަހުން އެންމެ ބޮޑު ކާމިޔާބެއް އެމްޑީޕީއަށް ލިބުނީ ގަޕޯގެ ލީޑަރޝިޕްގައެވެ. ފަސް ސިޓީގެ މޭޔަރުކަމާއި ލޯކަލް ކައުންސިލްގެ ބޮޑު ކާމިޔާބީއާއި ހިތަދޫ އުތުރުގެ މަޖިލިސް ގޮނޑިއާއި ބ. ދޮންފަނު ކައުންސިލްގެ އަންހެން ގޮނޑި ސަރުކާރާ ވާދަކޮށް އެމްޑީޕީއަށް ލިބުނީ ގަޕޯގެ ކުރު މުއްދަތުގެ ލީޑަރޝިޕްގައެވެ. 

ދެއިންތިހާބު އެއްކުރުމުގެ ފެންނަ ނުފެންނަ ވޯޓްގައި ސަރުކާރު ފެއިލްކޮށްލުމުގައި ވެސް ގަޕޯގެ ދައުރު އިންތިހާއަށް ބޮޑެވެ.