ކޯޓުން ނެރުނުކަމަށް ބުނާ އަމުރު ނުދެއުކުމުން މާޒާއި މަންދި ކޯޓަށް

ކޯޓުން ނެރުނުކަމަށް ބުނާ އަމުރު ނުދެއުކުމުން މާޒާއި މަންދި ކޯޓަށް

ބަރަހަނާކޮށްގެން ޖިންސީ ގުނަވަން ނުލާ އެކި ގޮތްގޮތައް އެކިއަރިމަތިން ފޮޓޯ ނެގުމަށް ހުއްދަ ދިންކަމަށް ފުލުހުން ބުނާ ކޯޓުއަމުރު ނުދައްކައިގެން އެ އަމުރުގެ ކޮޕީއެއް ހޯދަން މިއަދު މާޒް ސަލީމް އާއި މަންދި ޖިނާޢީ ކޯޓުގައި އެދިއްޖެއެވެ.

ހާލަތާ ނުބައްދަލު އަމުރެއް ކޯޓުން ނެރުނުނަމަވެސް އުސޫލެއްގެ ގޮތުން އެއަމުރު ރައްދުވާ ފަރާތްތަކަށް އެއަމުރު އެއްވެސް ހިފެހެއްޓުމެއްނެތި ފުލުހުން ނެރޭ އަމުރާ އެކީގައި ދައްކަން ޖެހޭނެއެވެ.

ފުލުހުން މިގޮތައް ކަންކަން ހިންގުމުން މިކަމުން މިދޭހަވަނީ ސާޖިދާގެ ބާރާއި ނުފޫޒުން ބަޔެއްގެ އިންސާނީ ކަރާމާތް ނަގާލުން ކަމަށް މާޒު ސަލީމް ވިދާޅުވެއެވެ.

ރައީސް މުއިއްޒުގެ ދަރިއަކު ވޭޕް ބުއިކަމަށް ބުނެެގެން ވަރަށް ބޮޑަށް ޒާތީކުލަ ޖެހިގެން ހިންގަމުންދާ ޖިނާއީ ތަހުގީގަކީ ރަށްމެދުވެފައިވާ ތަހުގީގަކަށް ވަނީވެފައެވެ. ޗިލްޑްރަންސް އެންބޮޑްސްމަން އޮފީހުން ހުށަހަޅައިގެން ކަމަށް ބުނެ ފުލުހުން ހިންގަމުންދާ ތަހުގީގަކީ ޗިލްޑްރަންސް އެންބޮޑްސްމަން ހުށަހަޅައިގެން ކުރަމުންދާ ތަހުގީގެއް ނޫންކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ފުލުހުންގެ ކިބައިން އެދިފައިވާނީ އެއްވުންތަކާއި މުޒާހަރާތަކުގައި ކުޑަކުދިންގެ ކަރާމަތަށް އަރައިނުގަނެވޭނެ ގޮތަށް ބަލަހައްޓާ ދިނުމަށް ކަމަށްވެއެވެ.