ރަފަހުގެ ގަތުލުއާއްމު މުޅި ދުނިޔޭން ކުއްވެރިކުރަނީ

ފަލަސްތީނުގެ އިތުރު 45 މީހުން ޝަހީދު ކޮށްލައިފި

ރަފަހުގެ ގަތުލުއާއްމު މުޅި ދުނިޔޭން ކުއްވެރިކުރަނީ

ރަފާހުގައި ކަނޑައަޅާފައިވާ ރައްކާތެރި ސަރަހައްދެއްގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓް ކޭމްޕަކަށް އިޒްރޭލުގެ ސިފައިން ދިން ބޮމުގެ ހަމަލާ ތަކެއްގައި ފަލަސްތީނުގެ 45 މީހަކު ޝަހީދު ކޮށްލައިފިއެވެ.

މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަމަލާގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތައް އިތުރުވެފައި ވާއިރު، މީހުން ދިރިއުޅޭ އެކި ހިޔާތަކަށް އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކުގައި މަދުވެގެން 160 މީހުން ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

އިޒްރޭލުގެ އެންމެ އިސް އަސްކަރީ ޕީޖީ ވަނީ ރަފާހްއަށް ދިން ހަމަލާއަކީ "ވަރަށް ބޮޑު" ހަމަލާއެއް ކަމަށް ސިފަކޮށް، ތަހުގީގެއް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ހަމަލާ ދީފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 36،050 މީހުން ޝަހީދުވެ، 81،026 މީހުން ވަނީ ޒަހަމްވެފައެވެ.