ކުރޫން ނެތިގެން ފުލައިޓްތަކެއް ކެންސަލްކޮށްފި

85 ފްލައިޓް ކެންސަލް ކުރި

ކުރޫން ނެތިގެން ފުލައިޓްތަކެއް ކެންސަލްކޮށްފި

އެއާ އިންޑިއާގެ ބަޖެޓް އެއާރލައިން އެއް ކަމަށްވާ އިންޑިއާ އެކްސްޕްރެސްގެ ކެބިން ކްރޫގެ ގިނަ ބަޔަކު އެންމެ ފަހު ވަގުތު ބަލިވެގެން ސިކްލީވެ ނެގުމުން ގިނަ އަދަދެއްގެ ފްލައިޓް ކެންސަލް ކުރަން މަޖުބޫރުވެއްޖެއެވެ.

އަންގާރަ ދުވަހުން ފެށިގެން އޮޕަރޭޝަންތަކަށް ބުރޫއެރުންތައް އަރަން ފެށި ކަމަށް އެއާ އިންޑިއާ އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ އިރު 90 އަށް ވުރެ ގިނަ ފްލައިޓަށް އަސަރުކޮށްފައިވާ ކަމަށްވެއެވެ. ނަމަވެސް އެ ފްލައިޓްތައް ލަސްވި ކަމެއް ނުވަތަ ކެންސަލް ކުރި ކަމެއް ހާމަކުރަން އެ އެއާލައިން އިން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއާލައިންގެ ޗީފް އެގްޒެކެޓިވް އަލޯކޭ ސިންގް ބުދަ ދުވަހު ވިދާޅުވީ 100 އަށް ވުރެ ގިނަ މުވައްޒަފުން ބަލިވެގެން ސިކްލީވް ނަގާފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު 85 ފްލައިޓް ކެންސަލް ކުރިކަން އިއުލާން ކުރިއިރު، ލޯކަލް މީޑިއާތަކުން ވަނީ ސިކް ލީވް ނުދިނުމާ ގުޅުވައިގެން ހަބަރު ފަތުރާފައެވެ.

ވެރިރަށް ނިއުދިއްލީގެ އެއާޕޯޓުން ބުދަ ދުވަހު ފެނިގެންދިޔައީ ހަލަބޮލި މަންޒަރުތަކެއް ކަމަށާއި، ހާސްވެފައި ތިބި ފަސިންޖަރުން އެމީހުންގެ ފްލައިޓްތަކުގެ އަޕްޑޭޓްތަކަށް އިންތިޒާރު ކުރަމުން ދިޔަ މަންޒަރުތައް ފެނިފައިވާ ކަމަށް އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރެެއެވެ.

އެއާރ އިންޑިއާ އެކްސްޕްރެސްގެ ތަރުޖަމާނަކު ވިދާޅުވީ އެ އެއާލައިނުން ވަކިވަކި މުވައްޒަފުންނާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެމީހުންގެ އަމަލުތަކުގެ ސަބަބުން އެތައް ހާސް މެހެމާނުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ވެއެވެ. ހަމައެއާއެކު، މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށްވެސް ބުރާސްފަތި ދުވަހު ތަރުޖަމާނު ވިދާޅުވިއެވެ.

2،000 އަށް ވުރެ ގިނަ ކެބިން ކްރޫން މަސައްކަތް ކުރާ އިންޑިއެން އެކްސްޕްރެސް އެއާލައިނުގައި 70 އަށް ވުރެ ގިނަ މަތިންދާބޯޓުގެ ފްލީޓެއް އޮންނައިރު، 31 ޑޮމެސްޓިކް އަދި 14 އިންޓަނޭޝަނަލް މަންޒިލަކަށް ދަތުރުކުރެއެވެ.