ނަޝީދަށް އިތުބާރު އޮތުމަކީ ރައްޔިތުންނަށް އިތުބާރުނެތުން

ކޮޅުފައިން ޖެހީ މާލޭ ރައްޔިތުން ކުރި އިތުބާރުގަ

ނަޝީދަށް އިތުބާރު އޮތުމަކީ ރައްޔިތުންނަށް އިތުބާރުނެތުން

މީހަކަށް ރައީސް ނަޝީދުގެ ފުރިހަމަ އިތުބާރު އޮތުމަކީ އެމީހަކަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ނެތުމެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލިފައިވާ އެކެކެވެ. ރައްޔިތުން އިތުބާރުކޮށް ހަވާލުކުރިހާ ކަމެެއްގައި ރައީސް ނަޝީދުވަނީ އިތުބާރު ގެއްލި ނިކަން ރަނގަޅަށް ފޭލިވެފައެވެ. 

މަލޭ ރައްޔިތުން އިތުބާރުކޮށް މާލޭ މެންބަރުކަން ހަވާލު ކުރީމާ ކުރީ ވައްކަމެވެ. ގެއްލުނީ މާލޭ ރައްޔިތުން ހަވާލުކުރި ގޮނޑިއެވެ. ކޮޅުފައިން ޖެހީ މާލޭ ރައްޔިތުން ކުރި އިތުބާރުގައެވެ.

ހާއްސަ މަޖިލީހުން ގޮނޑިއެއް ހޯދަން އއ، އުތުރުބުރިއަށް ކުރިމަތިލުމުން އެމީހުން ވެސް އިތުބާރުކޮށް ރައީސް ނަޝީދަށް އެގޮޑިއެއް ނުދިނެވެ. އޭގެ ފަހުން ރައްޔިތުން ކައިރިއަށް ވޯޓެއް ހޯދަން ފުރަތަމަވެސް ދިޔައީ 2008 ގައެވެ. ރައީސްކަމާ ގާތަށް އާދެވޭ ވަރަށް ވެސް ރައްޔިތުން ރައީސް ނަޝީދަށް ވޯޓެއް ނުދިނެވެ. ލިބުނީ ފަންސަވީހަކަށް ޕަސެންޓް ވޯޓެވެ. ދެވަނަ ބުރުައި ވެރިކަމަށް އާދެވުނީ ރައީސް މައުމޫނު ބާލަން ގާސިމް އިބުރާހީމާއި ޑރ، ހަސަން ސައީދާއި އަދާލަތާއި އިބްރާ އެމްޑީޕީއާއި ގުޅިގެން ކުރި ބުރަ މަސައްކަތުންނެވެ. ރައްޔިތުންނަަށް އިތުބާރެއް އޮވެގެނެއް ނޫނެވެ. އިތުބާރު ނުކުރިޔަސް ވަކަރަށް ޖަހާލަން ބަދަލަކަށް ބޭނުންވެފައި ތިބިވަރުން ރައީސްކަން ހަވާލު ކުރުމުން ނުހިފެހެއްޓިގެން ރައީސް ކަމުން އިސްތިއުފާ ދީފައި ނިކުމެ މުޅި ގައުމުގައި ޖެއްސުވީ ހުޅެވެ.

7 ފެބްރުއަރީ 2012 ގައި އެމްޑީޕީ މަގުމަތިކޮށްލާ ގެއްލުވާލި ވެރިކަމުގެ ޖަޒްބާތުަގައި ރައްޔިތުން ނުބައިމީސްކޮށްފައި ނިކުތީ 2013ގައި ވެރިކަން ހޯދާށެވެ. އެހެނެއް ކަމަކު ރައްޔިތުން އިތުބާރު ނުކޮށް ރައީސް ނަޝީދު ފައްސާ ނަގާލީއެވެ. އެވަރުންވެސް 2018ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް އޮބަހައްޓައިގެން ރައީސް ނަޝީދު އުޅުނީ އެމްޑީޕީން އިންތިހާބު ބޮއިކޮޓް ކުރުވާށެވެ. އެމްޑީޕީ އިތުރަށް މަގުމަތި ކުރުވާށެވެ، އެހެން ވިޔަނުދީ އެމްޑީޕީ ޓިކެޓްގައި ނެރެގެން ރާއްޖޭގެ ރައީސްކަން އިބޫއަށް ހޯދާ ދިނީ  ރައީސް ނަޝީދަށް އެއްވެސް އިތުބާރެއް ނުކުރާތީއެވެ.

އެންމެ ފަހުން އޮތް އިތުބާރު ކޮޅުވެސް  މަޖިލީހުގެ ރައީސް ކަމާއެކު ގެއްލި ނިމިއްޖެއެވެ. ޑރ ހައިދަރަށް ރައީސް ނަޝީދު އިތުބާރު ކުރުމަކީ މަޖިލީހުގެ އިތުބާރު ނެތުމަށް ނޫނީ ނުވާނެއެވެ.