ނޭނގި ތިއްބާ ކުށްވެރިވާ ރާއްޖޭގެ މިނިވަން މީޑިއާ
ނުސްވެރިކަން މިހާރު ރާއްޖޭގައި އޮތް ހިސާބުން ނޫސްތަކުގައި ލިޔަންވީ ކީކޭކަންވެސް ސަރުކާރުން އެބަ ބުނެދޭން ޖެހެއެވެ. މިނިވަން ނޫސްވެރިކަން ކުރުމާއި މަޖިލިސްތަކާއި ބައްދަލުވުންތަކާއި އެއްވުންތަކުގައި ދައްކާ ވާހަކަތަކުގައި ވެސް ދައްކަންވީ ކޮން ވާހަކައެއްކަން ދައުލަތުން ބުނެދޭން ޖެހޭނެއެވެ.
ނޭނގި ކުއްވެރިވުމަކީ މިއަދު މިނިވަން މީޑިއާތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މީހަކު މީހަކަށް ތުހުމަތުކޮށް ބައެއްކަހަލަ ހެކިތަކާއި އެކު ބުނާ ވާހަކަތައް ދައުލަތުން ވަކީން ހާއްސަކޮށް ސަރުކާރުން ނުރުހޭނަމަ ކުއްވެރިވެއެވެ.
ދައުލަތުގެ ބާރުތައް ކޮންޓްރޯލް ކޮށް އެއްވަށިގަނޑަކަށް ލެވޭނީ މިވަރަށެވެ. މުޅި ދައުލަތުން މީޑިއާގައި ކަސްތަޅު އެޅުވޭނީ މި މިންވަރަށެވެ. އިނގިރޭސި އަކުރެއް ކިޔުން މަނާވެއްޖެއެވެ. ތާނައިގެ ދެ އަކުރެއް އެއްކުރުން މަނަލެވެ.
އަނެއްކޮޅުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ނިކަމެތި ވަމުންނެވެ. ހިދުމަތް ތަކުގެ އަގުތައް އުފުލިއްޖެއެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓޭ ހިސާބަށް ހިނގައްޖެއެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ރެކޯޑް އަދަދަކަށް މަދުވެއްޖެއެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރަކުން ނުފުދެއެވެ. ދެ ބިލިއަން އާމްދަނީއަށް ލިބޭނަމަ ހަރަދަށް ހަތަރު ބިލިއަން ރުފިޔާ އަރައެވެ. ދެކޮޅު ޖެއްސޭނެ ގޮތެއް ރައްޔިތަކަށްވެސް ސަރުކާރަކަށްވެސް ނެތެވެ.
މި ހާލަތުގައި ސަރުކާރަށް ވާގިވެރިވާ މީހުންނަކަށް މާބޮޑު ބަދަލެއް ނެތެވެ. ވޭތުވެ ދިޔަ ފަސް އަހަރު ދުވަހު އެއްވެސް އާމްދަނީއެއް ނުލިބި ތިބި މީހުންނަށް މިއަދު ފަނަރަވަރަކަށް ހާހުން މަތީގެ މުސާރަ ލިބޭނަމަ އެވެސް ވާނީ ގުއި ނުދެކޭ ކާޅަށް ގުއި ފެނުން ކަހަލަ ކަމަކަށެވެ. އެވެރިންނަށް އެވެރިން ދިފާއު ކުރަން އުޅެވެނީ ސަރުކާރުކަމެއް، ގައުމުކަމެއް، ޕާޓީކަމެއް ވެރި މީހާކަމެއް ނޭނގެއެވެ. އެ މީހުން އެންމެ ވައްތަރީ ޗާބީ ދީގެން އަނބުރާ ކުޅޭ އެއްޗަކާއެވެ.
އަދިވެސް ވާޖަހާ ކަސްތަޅު އަޅުވާ ކަށިނަރުދަމާ އަލިފާން ރޯކުރަންވީ މީޑިއާގެ ތެރެއިން ނުގުޑާ އަޒުމެއްގައި މަސައްކަތް ކުރާ ގަލަމުގައި ތޯއެވެ؟.




