ފެންނަމުންދަނީ ކަމެއްކުރަން ނޭނގޭ މީހަކާ ހަޒާނާ ހަވާލުކުރުމުން ވާގޮތް

ފެންނަމުންދަނީ ކަމެއްކުރަން ނޭނގޭ މީހަކާ ހަޒާނާ ހަވާލުކުރުމުން ވާގޮތް

ފެންނަމުން މިދަނީ ކަމެއްކުރަން ނޭނގޭ އަމާނަތްތެރިކަމެއް ނެތް ބަޔަކާ ރައްޔިތުންގެ ހަޒާނާ ކުރުމުން ވާގޮތްކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ އާދަމް އާޒިމް އެހެން ވިދާޅުވީ ސަރުކާރުން ސޮއިކޮށްފާވާ ގިނަ މަޝްރޫއުތަކެއް ނުފެށިގެން ދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދީގެންކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. 

މޭޔަރ އާދަމް އާޒިމް އެކްސްގައި އެކަމާ ގުޅޭ ގޮތުން ވިދާޅުވި ގޮތުގައި 2 އަހަރުގެ ބަޖެޓް ވަނީ ހުސްވެފައެވެ. ތަރައްގީގެ އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށެއް ނުދެއްވައެވެ،

ކައުންސިލް ތަކާހުރެ ތަރައްގީގެ މަޝްރޫއުތައް ނުހިންގިފައި އޮތްކަމަށް ވަންޏާ މަޝްރޫއުތައް ހިންގަން ރައްޔިތުން ހަވާލުކުރި 110 ބިލިޔަން ރުފިޔާ ކޮބައިތޯ މާލޭ މޭޔަރ ސުވާލު އުފައްދަވައެވެ. 

މޭޔަރ އާޒިމް ވިދާޅުވާ ގޮތުގައި ވޭތުވެގެން މިދިޔައީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމުގެ ދެއަހަރެވެ. 

ކައުންސިލްތަކާ ހުރެ ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިންގެވިގެން އުޅުއްވާ ކަމަށް ރައީސް ވިދާޅުވާއިރު، ކައުންސިލްގެ ރުހުން އޮތަސް ނެތަސް ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް ކުރައްވަމުން ގެންދަވާކަމަށް ހުރިހާ ރައްޔިތުންހެން ގަބޫލުކުރެއެވެ.