ކުށްކޮށްގެން ހޯދާ މުދާ ނެގުމުގެ ބިލް | އަމިއްލައަށް ކަރަށް ފައްތާ މަޅިއެއް

ސަރުކާރުގެ މަތިފަޑީގައި ނުހައްގު މުއްސަދިކަން ނުހޯދާ މީހަކު މަދުވާނެ

ކުށްކޮށްގެން ހޯދާ މުދާ ނެގުމުގެ ބިލް | އަމިއްލައަށް ކަރަށް ފައްތާ މަޅިއެއް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ މި ސަރުކާރުން އަމިއްލައަށް ކަރަށް ފައްތާ މަޅިއެކެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އަތުގައި ޕެނަޑޯލް ގުޅައެއް ގަނެވޭނެ ވަރު ނެތް މީހުން މަދެއް ނުވާނެއެވެ. މަޖިލިސް ރައީސް އަކީ އަތުގައި އަޅާ ގަޑިތަކާއި އަނގޮޓި ވިއްކަން އުޅުނު މީހެއްކަން ދަންނަ މީހުން މަދެއް ނުވާނެއެވެ. ދަރީގެ ޓިއުޝަން ފައިސާ ހަމަނުވެގެން އެކިމީހުންގާތު އާދޭސްކޮށް ހެދި މީހުންވެސް މަދެއް ނުވާނެއެވެ. ދިމްޔާތަކީވެސް ނުހައްގު މުއްސަނދި ކަމެކެވެ. އަދި ހުޅުމާލޭގައި ހުރި ރޯ ހައުސް އަކީވެސް ނުހައްގު މުއްސަނދި ކަމުގެ ނަމޫނާއެކެވެ. ގެއިން ބޭރަށް ނިކުމެއްޖެއްޔާ ކޮފީތައްޓަކަށް ދައްކާނެ ފައިސާ އަތުގައި ނެތިގެން ގެއިން ނުނިކުމެ ގޭގައި އަމިއްލައަށް ބަންދުވެގެން ތިބި މީހުންވެސް މަދެއް ނުވާނެއެވެ. 

ހާލަތު ބަދަލުވެ މިއަދު އެ މީހުންނަކީ މުއްސަނދި މަހުޖަނުންނެވެ. އިރާދަކުރެއްވިއްޔާ ތިޔަ ފާސްކުރަން އުޅެނީ ފިސާރި ގާނޫނެކެވެ. ފަސޭހަ ކަމާއި އެކު އެފުށް މިފުށް ހޯދާލާ މުޅި މާލިއްޔާ އެކުގައި ދައުލަތަށް ނަގަން ވާނެއެވެ. މާތް ރަސްކަލާންގެ އިރާދަ ކުރެއްވިއްޔާ މިއަދުގެ ސަރުކާރަކަށް ދެވަނަ ދައުރެއް ނުލިބޭނެއެވެ. ދިމަޔާތުގައި ބޭރުގެ އެކި ކަރަތަކުން ސިހުރު ހަދާމީހުންގެ ބޮޑު ގާފިލާއެއް ގެނަޔަސް ހުރިހާ ރައްޔިތުންގެ ހިތްތަކެއް ބަދަލެއް ނުކުރެވޭނެއެވެ.

ތިޔަ ފާސްކުރާ ބިލުގެ ބޭނުން އެންމެ ރަގަޅަށް ހިފާނެ ކަމަށް ބެލެވެނީ ދެން އަންނަ ސަރުކާރަކުންނެވެ. އިސްލާމް ދީނުގައިވާގޮތަށް އަތްފައި ބުރިކުރާނަމަ ގޮއް މަސްބުރިއެކޭ ތަފާތެއް ނުވާނެ މިންވަރުގެ ވައްކަން ކޮށް ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ އަދަދު މަދެއް ނުވާނެއެވެ. ގޯނިގޯނީގައި ފައިސާ އުފުލިކަމަށް އިއުތިރާފުވި މީހުންގެ މާލިއްޔާވެސް ހޯދާބެލޭނެތާއެވެ. ކޯޓާ ވިއްކައިގެން ވިޔަފާރި ކުންފުނިތަކަށް ބައިއެޅި މީހުންގެ މައްސަލަވެސް ބެލޭނެއެވެ. ދެތިން މަސް ދުވަހުގެ ތެރޭގައި މާލޭގައި ކެފޭ ރެސްޓޯރަންޓު ހުޅުވި މީހުންގެ މައްސަލަވެސް ބެލޭނެއެވެ. މުއިއްޒުގެ އިސްނެގުމާއި ދުރުވިސްނުމުން ގާތުގައި އުޅުނު އެންމެން އޭނާގެ ބައިވެރިންގެ ގޮތުގައި އޭނާއާއި އެކު ޖަލުގައި އިނދެ މާލިއްޔާ ހުސްކޮށްލާނެ ގޮތެއް ހޯދާ އެވެރިންނަށް ލަނޑެއް ދޭން ނިންމީއެވެ. 

ދައުލަތުގެ މިނިސްޓަރުންނާއި، މިނިސްޓަރުންގެ ފެންވަރުގެ ވަޒީފާ ތަކުގައި އުޅޭމީހުންނާއި، ސިޔާސީ މީހުންނާއި ކުންފުނިތަކުގެ އެމްޑީއިންނާއި ސިޔާސީ މަތިފަޑީގައި ހަޑިނުއުގުޅޭ މީހަކު ނުހުންނާނެއެވެ. މިނިވަން ބައެއް މުވައްސަސާތަކުގައިވެސް އެ ބައި ގިނަވެ އިތުރެވެ. ޓީވީ ސްޓޭޝަންތައް މުއައްސަސާތަކުގެ ފައިސާއިން ގަނެދިން މީހުންވެސަ އެބަތިއްބެވެ. ފިހާރަތައް ހުޅުވި މީހުންވެސް އެބަތިއްބެވެ. ނުއަގުގައި ތަންތަން މީހުންނަށް ވިއްކާ ހިލޭ ދިންދިނުމުގެ މުގާބިލުގައި ލިބުނު ހަދިޔާއަކީވެސް ނުހައްގު މަންފާއެވެ.

އަމިއްލައަށް ހިންގަން ބިންކަނޑާ ދައުލަތުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ސަރުކާރުގެ ކޮންސްޓަރަކްޝަން ކުންފުނިތައް މެދުވެރިކޮށް އިމާރާތް ކުރާ ކުރުންވެސް ގާނޫނު ތެރެއަށް ވައްދާންވާނެއެވެ. ވާދަވެރިކަން ނެތް ގޮތަށް ހަވާލު ކުރެވިފައިވާ ތަންތަން ލިބުނު މީހުންނާއި ހަވާލު ކުރި މީހުންވެސް މި ގިންތީގައި ހިމެނެން ވާނެއެވެ. ގާނޫނުތެރޭގައި ހައްލު ނެތިއްޔާ މިހާރެކޭ އެއްގޮތަށް އެހެންނަމަވެސް ކިޔާފައި މިހާރުވެސް ހުކުމް އިއްވަނީތާއެވެ. ދެން ވެސް އެކަން ކުރެވޭނެއެވެ.

އިރާދަ ކުރެއްވިއްޔާ 2029 ވާނީ މިއަދުގެ ސިޔާސީ މަގާމުތަކުގެ ގިނަ ބަޔަކަށް ނުރައްކާތެރި އަހަރަކަށެވެ. މިއަދުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި މިނިވަން މުވައްސަސާތަކުގައި ތިބި މީހުންނާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ގާނޫނުތައް އަރާ ހަމަކުރާނެއެވެ. މި ރާއްޖެއިން ޔަހޫދީން ފިލާދާނެއެވެ. އަދި ޔަހޫދީ ވިސްނުމަށް ފުރުސަތުނެތްކަން ދިވެހީން ހާމަކޮށްދޭނެއެވެ.