އުމުރުން 17 އަހަރުގެ ކުއްޖަކުގަޔަށް ފުލުހުން ބަޑިޖަހައި މަރާލިމައްސަލަ އާއްމުވެއްޖެ

އުމުރުން 17 އަހަރުގެ ކުއްޖަކުގަޔަށް ފުލުހުން ބަޑިޖަހައި މަރާލިމައްސަލަ އާއްމުވެއްޖެ

ފުރާވަރުގެ ކުއްޖަކަށް ފުލުހުން ބަޑިޖަހައި މަރާލި މައްސަލައިގައި ދެވަނަ ރެއަކަށް މުޒާހަރާތައް ފެށުމާއެކު ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ރޭ ގާތްގަނޑަކަށް 150 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

 

އިންޓީރިއާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބައެއް ޓައުން ހޯލްތަކާއި ސްކޫލްތަކާއި ޕޮލިސް ސްޓޭޝަންތަކުގައި އަލިފާން ރޯކޮށްފައި ވާއިރު އަނެއްބައި ތަންތަނައް ވަނީހަމަލާދީފައި" ކަމައްވެއެވެ.

 

ޕެރިހުގެ ސަބަރބް ނަންޓެރޭގައި އަންގާރަ ދުވަހު ޓްރެފިކް ހުއްޓުމެއްގެ ތެރޭގައި ފުލުހުން ބަޑިޖަހައި މަރާލި ނައިލް ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ ކުއްޖާ މަރުވުމާ ގުޅިގެން ފްރާންސްގެ އާމު ރައްޔިތުން ދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.