ހައްގަށް ނަސްރު އަންނާނެ. ސާބަސް ދަރިފުޅު: ޝާޒް (ތަޖޫ)

ހައްގަށް ނަސްރު އަންނާނެ. ސާބަސް ދަރިފުޅު: ޝާޒް (ތަޖޫ)

ނޫސްވެރިޔާ މުހައްމަދު ޝަހުޒާނުގެ ހިތްވަރު ގަދަކަމަށް އޭނާގެ އާއިލާގެ ފަރާތުން ބައްޕަ އަހުމަދު ޝާޒް (ތަޖޫ) ތައުރީފް ކުރައްވައިފިއެވެ.

ރައީސް މުއިއްޒު އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އަދަދު ނޫހުގެ ހިތްވަރުގަދަ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް މުއިއްޒާ ކުރެއްވި ސުވާލަކާ ގުޅިގެން 15 ދުވަހަށް މޫސްވެރިޔާ ޝަހުޒާން ވަނީ ޖަލަށް ިއަދު ޖަލަށް ލާފައެވެ.

ރައީސް މުއިއްޒު އަރިހުން ނޫސްވެރިޔާ ޝަހުޒާން އެއްސެވީ ރައީސް އޮފީހުގެ އާދައިގެ އަންހެން މުއައްޒަފާ ސިގްނަލް އެޕް މެދުވެރިކޮށް ރޭގަނޑުގެ ނު ގަޑިގަޑީގައި އެކި ރޭ މަތިން އެކި ގަޑީގައި 58 ކޯލް ކުރެއްވީ ކީއްވެތޯއެވެ. އެކޯލް ތަކުގައި ރައީސް އޮފީހުގެ އާދައިގެ އަންހެން މުއައްޒަފަކާ ދައްކަވަން އޮތީ ކޮން ވާހަކައެއްތޯއެވެ. 

ރައީސް މުއިއްޒަށް ޖަވާބު ނުދެއްވުނު އެ ހޫނު ސުވާލަށް ލިބުނު ޖަވާބަކީ ނޫސްވެރިޔާ އެ މާލަމުން ނެރެލުމާއި 15 ދުވަހަށް ޖަލަށްލުމެވެ. ނޫސްވެރިޔާ ޝަހުޒާނު ޖަލަށް ލުމާއި ގުޅިގެން އޭނާގެ ބައްޕަ އަހުމަދު ޝާޒް ވިދާޅުވީ މުއިއްޒާ އާއި ނިއުސް ކޮންފަރެންސް އެއްގައި ސުވާލު ކޮއްލި ހިތްވަރުގަދަ ނޫސްވެރިޔާ އަށް ކޯޓަށް ހާޒިރުކޮށް ލޯޔަރަކު ހޯދަން ދިނީ އެންމެ 2 ގަޑިއިރު ކަމަށެވެ.

ލޯޔަރު އެއީ ފިހާރައިގައި ވިއްކަން ހުންނަ އެއްޗެއްތޯ ސުވާލުކރައްވަމުން ޝާޒު ވިދާޅުވީ "ހައްގަށް ނަސްރު އަންނާނެ. ސާބަސް ދަރިފުޅު" މިހެންނެވެ. 

އަހުމަދު ޝާޒަކީ ސިފައިންގެ ހިދުމަތުން ރިޓަޔަރ ވެގެން ހުންނެވި ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަނެއް ކަމުގައިވާ "ތަޖޫ" އެވެ.