އެލްއާރުއޭޑީން ހަމަލާދިނީ ނުކުޅެދޭ ބަޔަކަށް ހަދަން: ޝާހިދު

އެމްޑީޕީން ބޭއްވި މުޒާހަޜާ އާއި ދެކޮޅަށް ޑރ. މުޢިއްޒުގެ ސަރުކާރުން ލޯންގް ރޭންޖް އަކޯސްޓިކް ޑިވައިސަސް (އެލްއާރްއޭޑީސް) ބޭނުންކުރުން އޮނަރަބަލް އަބްދުއްލާ ޝާހިދު ވެސް ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.
އދ މަޖިލިސްގެ ރައީސްކަންވެސް ކުރައްވާފައިވާ އެމްޑީޕިގެ ރައީސް ޝާހިދު ވިދާޅުވީ އެލްއާރްއޭޑީސް އަކީ 170 ޑެސިބަލްއަށްވުރެ މަތިން އަޑު އުފެއްދޭ އާލާތްތެއް ކަމަށެވެ. އެލްއާރުއެޑީސް އަކީ ކަންފަތަށް އިވުމުގެ ގާބިލުކަމަށް ދާއިމީ ގެއްލުން ލިބުމާއި، ބޯ އެނބުރުމާއި، ހޮޑުލުމާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުން ލިބުމުގެ ބޮޑު ނުރައްކަލާ ކުރިމަތި ލާންޖެހޭ ފަދަ ނުރައްކާތެރި އާލަތެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މިފަދަ އާލާތްތައް ބޭނުންކުރުމުގެ ސަބަބުން ކުރިން ޓްރޯމާ ތަޖުރިބާ ކޮށްފައިވާ މީހުންނަށް ކަންބޮޑުވުމާއި، ބިރުވެރިކަމާއި އަދި ނަފްސާނީ ގޮތުން އަނިޔާ ލިބިދާނެ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
މިފަދަ އާލާތްތައް ބޭނުންކުރުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމުގެ އިތުރުން، ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް ހާމަކުރުމުގެ ގާބިލުކަން ނައްތާލުމަށް ކަނޑައެޅިގެން އަނިޔާވެރި ގޮތެއްގައި ފާޅުކަން ބޮޑުކޮށް ހިންގި އަމަލެއް ކަމަށް ޝާހިދު ވިދާވިއެވެ.
އެ ނުބައި ޢަމަލު ހިންގި ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.