ގުޅިގެން އިހުތިޖާޖުކޮށް މުސްތަގުބަލަށްޓަކައި ނުކުމެ ހަރަކާތްތެރިވޭ: ފައްޔާޒް

މީޑިއާ ކޮންޓްރޯލް ބިލް ފާސްކޮށްގެން ދިވެހިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ހޯދައިދިނުމަށް ލޭއޮހޮރުވާލި އެތައް ހާސްބައެއްގެ ތާރީހީ ގުރުބާނީއަށް މުޢިއްޒުގެ ސަރުކާރުން އިހާނެތިކޮށް ހިތައިފިކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވާ ވިދާޅުވުމަށް ކުރުނީސް ކުރަމެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓަކަށް ޓެގް ކުރައްވާ ރައްދު ދެއްވަމުންާއި ކޮންޓްރޯލް ބިލާ ގުޅިގެން އެމްޑީޕީގެ ޗެއަރޕަރސަން ވިދާޅުވަމުން ގެންދަވާފައި ވަނީ ދިވެހި ރައްޔިތުންގެ އިހުސާސެވެ. ހާމަކޮށް ދެއްވާފައި ވަނީ ގައުމުގެ ވިންދު ހުރި ގޮތެވެ.
އޮނަރަބަލް ވިދާޅުވަނީ ދިވެހި ރައްޔިތުން އެންމެންގެ ކިބައިން އެމްޑީޕީ އެދި ގޮވާލަނީ އަނިޔާވެރި ކޮންޓްރޯލް ބިލާ ދެކޮޅަށް ގުޅިގެން އިހުތިޖާޖު ކުރުމަށެވެ. ގައުމުގެ މުސްތަގުބަލަށްޓަކައި ނުކުމެ ހަރަކާތްތެރިވުމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވިދާޅުވާހެން ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހު މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރަން ކުރި މަސައްކަތުން މުއިއްޒުގެ ގޮށްމުށުގެ ބޮޑުކަން ރައްޔިތުންނަށް ވަނީ ފާހަގަކުރެވިފައެވެ.
ނޫސްވެރިކަން ކޮންޓްރޯލްކުރާ ގާނޫނާ ގުޅޭގޮތުން ކަންބޮޑުވުންތައް ހާމަކުރުމަށް ނުހަނު މަސައްކަތްތަކެއް ކޮށްފައިވާ ނޫސްވެރިންގެ އަޑުއަހައި ކޮންޓްރޯލް ބިލް ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލަ ގޮވާލާ އޮއްވާ ގަދަބަދަވި ކަމުގައި ބިލްފާސްކޮށް އެވަނީ ނިންމާފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ދަށުން، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިނިވަން މުއައްސަސާތައް ނިޒާމީ ގޮތެއްގައި ރޫޅާލެވި، ޝަރުޢީ ދާއިރާ ގަދަބާާރުން އޮބިއަޅުވާ ރައްޔިތުންގެ މަޖިލިސް ވެރިކަން ހިންގާ ފަރާތުގެ ފުރިހަމަ ބާރުގެ ދަށަށް ވެއްޓިގެން ދިޔަ މަންޒަރުކަމަށް އޮނަރަބަލް ފައްޔާޒް ވިދާޅުވާ ވިދާޅުވުމަކީ ހައްގު ތެދެވެ. ފައްޔާޒް ވިދާޅުވެފައިވާ ގޮތުގައި ކޮންޓްރޯލްބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވައި، ނޫސްވެރިކަމަށް ބިރުދެއްކުމަށް އެޅޭން ދެން އޮތް ފިޔަވަޅެވެ.