ސަރުކާރު ހިންގާ މީހުން އުސްގެކޮޅަށް ވަނީ އިހުމާލުވެފާ: ތޯރިގު
އުސްގެކޮޅު ބަލަހައްޓަން އެންމެ ރަނގަޅު މުއައްސަސާއަކީ މޯލްޑިވްސް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް ކަމަށް އަސާރީ ތަރިކަ ރައްކާތެރި ކުރުމުގެ ތަޖުރިބާކާރު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު އެހެން ވިދާޅުވީ މިހާތަނަށް އުސްގެކޮޅު ބެލެހެއްޓުން ހަވާލުވެފައިވާ މާލެ ސިޓީން އެތަން ވަކިކޮށް އާރޓްސް އެންޑް ކަލްޗަރ މިނިސްޓްރީން އުސްގެކޮޅު ބެލެހެއްޓުމާ ހަވާލުވުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ.
އާސާރީތަރިކަ ރައްކާތެރިކުރުމާބެހޭ ހާއްސަ ތަޖުރިބާކާރު މަނަދޫ ތޯރިގު ވިދާޅުވާ ގޮތުގައި އުސްގެކޮޅު. ސިޓީ ކައުންސިލަށް ބެލެހެއްޓުނަސް، ނުބެލެހެއްޓުނަސް، އެ އިމާރާތް ބަލަހައްޓަން އެންމެ ރަނގަޅު މުއައްސަސާއަކީ މޯލްޑިވްސް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއެވެ.

މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން ސަރުކާރާއި މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ދުވަސްވަރު އުސްކޮޅު ބެލެހެއްޓުމުގައި ފަރުވާކުޑަކުރައްވާ އިހުމާލުވެ ވަޑައިގެންފައިވާ މިންވަރު ދައްކުވާދޭ ބައެއް ފޮޓޯ އެކަމާގުޅިގެން ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓް ހިއްސާ ކުރައްވާފައިވެއެވެ.
މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން، ކުރިން ސަރުކާރާއި ކައުންސިލްގައި ތިއްބަވައިގެން ވަނީ އެތަނުގައި ފާހާނާ ހަދައި ތަނުގެ އަސްލު ގެއްލޭ ފަދަ ކަންތަކެއް ކުރެއްވުމުގެ އިތުރުން ސައިވިއްކާތަނެއް ހިންގަން 20 އަހަރަށް ކުއްޔަށް ދެއްވާފައިކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.


