ގާނޫނުއަސާސީއާ ހިލާފުވީ މީހުންގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު
ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ގަސްތުގައި ލާފުވެއްޖެކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ގާނޫނީ މާހިރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ. އުސްތާޒު ސުއޫދު އެހެން ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު އޮފީސްތައް އުފެއްދުމާ ގުޅިގެންނެވެ.
ރައީސް މުއިއްޒުގެ މުށުތެރޭގައި ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން އުވާލާފައި އޮތުމުން އަތޮޅުތައް ހިންގުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިދާރާއެއްގެ ގޮތުގައި ކޮންމެ އަތޮޅެއްގައި އަތޮޅުއޮފީސް މިހާރު ވަނީ އުފައްދާފައެވެ.
އެހެންނަމަވެސް އެއީ އެހެން ކުރެވޭން އޮތްކަމެއް ނޫންކަން އަންގާދެއްވުމުގެ ގޮތުން އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވީ "ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ މެންބަރުން" ކަމަށެވެ.
ގާނޫނު އަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ވަރަށް ސާފުކޮށް ކަނޑައަލާފައިވެއެވެ، އިދާރީ ދާއިރާތައް ހިންގަންޖެހޭނީ އެކަމަށް ރައްޔިތުން އިންތިހާބުކުރާ ބަޔަކު ކަމަށްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮވެއެވެ.
މިހާރު އެވަނީ ގަސްދުގައި ގާނޫނ އަސާސީއާއި ހިލާފުވެފައެވެ. ޖިނާއީ ކޯޓުގެ އިސް ގާޒީ ކަމާއި ރާއްޖޭގެ ބަންޑާރަ ނައިބުކަމާއި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާ އަދި ރާއްޖޭގެ ގާނޫނީ ދާއިރާގައި އިލްމީ އެންމެ ގިނަ ފޮތް ލިޔުއްވާފައިވާ ކުޅަދާނަ ގާނޫނީ މާހިރު އުސްތާޒު ހުސްނުއްސުއޫދު ވިދާޅުވަނީ "ގާނޫނުއަސާސީއާ ހިލާފުވީ މީހުންގެ މައްޗަށް ދައުވާކުރަންޖެހޭ" ކަމަށެވެ.




